Live 3,241 stories Updated Jan 22, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

މާލެތެރެއަށް ބުޅަލުގެ ނަޖިސް އެޅެން ދޫކުރާނެ އުޒުރެއް ނުދެއްކޭނެ، ނުވަންޏާ ހަވާލުކުރޭ: މޭޔަރު އާދަމް އާޒިމް

މާލެތެރެއަށް ބުޅަލުގެ ނަޖިސް އެޅެން ދޫކުރާނެ އުޒުރެއް މިނިސްޓްރީ އަށް އަދި ސަރުކާރަށް ވެސް ނުދެއްކޭނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި މަސްތުވާތަކެތި އެތެރެކުރުން: އަހުމަދު އަލީ އިންޑިއާއަށް ގޮސް ސަޕްލަޔަރާ ބައްދަލު ކޮށްފައިވާ ކަމަށް ފުލުހުން ބުނޭ

ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ކަނޑުމަގުން ރާއްޖެ އެތެރެކުރި 40 ކިލޯ ގެ މަސްތުވާތަކެތީ މައްސަލާގައި ހައްޔަރުކުރި އަހުމަދު އަލީ އިންޑިއާއަށް ގޮސް އެ އެއްޗެހީގެ ސަޕްލަޔަރާ ބައްދަލު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އައްޑޫ ޓޫރިޒަމް ޒޯން ހަލާލް ޓޫރިޒަމަށް ޚާއްސަ ކުރަން ކަނޑައެޅީ އެއްވެސް ބެލުމެއް ނެތި އައްޑު އަށާއި ސިނާއަތަށް ވެސް ގެއްލުންވާ ގޮތަށް: މެންބަރު ދީދީ

އައްޑޫ ސިޓީގެ ހަންކެޑެ އިންޓަރގްރޭޓަޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް މި ސަރުކާރުން ބަދަލު ގެނަސް އެއީ ހަލާލް ޓޫރިޒަމް ޒޯނަކަށް ހެދުމަށް ހަމަޖެއްސީ އޭގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތާ އައްޑު އަށް ލިބޭނެ ގެއްލުމަށް ވެސް ބެލުމެއް ނެތި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު…

ޑޮލަރުގެ އަގު ހުއްޓުމެއް ނެތި އަރާއިރު ވެސް ރައީސް މުއިއްޒު ވިދާޅުވަނީ އިގްތިސާދު ހަމަ މަގަށް އެޅުވިއްޖެ ކަމަށް: މެންބަރު މީކާއިލް

ގައުމުގެ އިގްތިސާދީ ހާލަތު ދަށަށް ދާ ކަމަށް ސަރުކާރު މުއައްސަސާތަކުން ތަކުރާރު ކޮށް ބުނަމުންދާ އިރު ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވަނީ ގައުމުގެ އިގްތިސާދު ހަމަ މަގަމަށް އެޅުވިފައިވާ ކަމަށް ކަމަށާ އެމަނިކުފާނު އުޅުއްވަނީ އެހެން ދިވެހި ރާއްޖެ އެއް ގައި ތޯ ސުވާލު އުފެދޭ ކަމަށް ރައްޔިތުންގެ …

ށ.އަތޮޅު ކައުންސިލް އަކީ ވަރަށް ބޮޑު އެސެޓެއް ނަމަވެސް މިސަރުކާރު ގައި އެއަށް ވާނެ ގޮތެއް ނޭނގޭ: ކުރީގެ ކައުންސިލް މެންބަރު ސައުދުﷲ

ށ.އަތޮޅު ކައުންސިލްއަކީ ވަރަށް ބޮޑު އެސެޓެއް ކަމަށާއި، މި ސަރުކާރުގައި ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލާއެކު އެސެޓު އޮތީ ވާނުވާގައި ކަމަށް ށ. އަތޮޅު ކައުންސިލްގެ ކުރީގެ މެންބަރު ސައުދުﷲ އުސްމާން ވިދާޅުވެއްޖެ އެވެ.

އަޑި ނޭނގޭ ޑީލެއްގެ ދަށުން ހުޅުމާލެ އިން ބޮޑު ބިމެއް ލަގްޒަރީ ހައުސިންގ އެޅުމަށް ބަޔަކަށް ދިން މަައްސަލަ އޭސީސީ އިން ތަހުގީގު ކުރާ ކަމަށް ބުނެފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 1.3 މިލިއަން އަކަފޫޓުގެ ބޮޑު ބިމެއްގައި ލަގުޒަރީ ހައުސިން މަޝްރޫޢު އެއް ހިންގުމަށް، ހައުސިން ޑިވޮލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބަޔަކަށް ދިން މައްސަލަ ތަހުގީގު ކުރާ ކަމަށް އެންޓިކަރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

ޕީސީއާރް ޓެސްޓިންގެ ހިދުމަތް ދިނުމަށްފަހު، ޓެކުހަށް މަކަރުު ހެދިކަމަށް ތުހުމަތުކޮށް ދެ ކުންފުންޏަކަށް ދައުވާކުރަން ޕީޖީ އަށް ފޮނުވައިފި

ކޮވިޑް-19 ޕެންޑެމިކް ދުވަސްވަރު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޕީސީއާރް ޓެސްޓިންގެ ހިދުމަތް ފޯރުކޮށްދިން ދެ ކުންފުންޏަކުން، ގަސްދުގައި ޓެކުހަށް މަކަރު ހަދާފައިވާ ކަމަށް ތުހުމަތުކޮށް ދެ ޑޮކްޓަރެއްގެ މައްޗަށް ދައުވާ ކުރުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އ…

ފުލުހުން އަމަލުކުރި ގޮތުން ކަމަށް ބުނެ އަންވަރު ދޫކޮށްލަން ނިންމީ ގޯސްކޮށް ކަމަށް ހައިކޯޓުން ނިންމައިފި

ފުލުހުން އަމަލުކުރި ގޮތުން ކަމަށް ބުނެ ސ. ހިތަދޫ، ކޯޒީކޯނަރ، އަލީ އަންވަރު މުހައްމަދު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ގާޒީކަމުން ވަކިކުރި ހުސެއިން ފާއިޒް ރަޝާދު ނިންމެވީ ގޯސްކޮށް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.

ވެލިދޫ ޕޮލިސް ސްޓޭޝަން ގެ މަސައްކަތައް ގެނައި މީހުންނެއް ވެސް ތަކެއްޗެއް ވެސް މިހާރަކު ނެތް

ނ. ވެލިދޫގައި ތަރައްގީ ކުރާ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައި އޮތީ ތަކެއްޗާއި މީހުން ވެސް ނެތިގެން ކަމަށް ވެލިދޫ ކައުންސިލް ގެ ރައީސް އާތިފް ހުސައިން ވިދާޅުވެއްޖެ އެވެ.

Loading fresh headlines…