ތިލަފުށީގައި ހިނގި އަލިފާން ހާދިސާގެ ސަބަބުން، ވިލިމާލެ އަދި ހުޅުމާލެ އިން ކުނި ބަލައި ގަންނަ މިންވަރު މަދުކޮށްފި
ކ. ތިލަފުށީގައި ހިނގަމުންދާ ވެސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ސައިޓުގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ވިލިމާލެ އަދި ހުޅުމާލެ އިން ކުނި ބަލައި ގަންނަ މިންވަރު މަދުކޮށްފައިވާ ކަމަށް ވެމްކޯ އިން ބުނެފި އެވެ.