ފިނޭންސް މިނިސްޓަރު ޒަރީރަށް ރުހުން ހޯދުމުގެ މައްސަލަ ކޮމިޓީ އަށް
ރައީސް ޑރ. މުހައްމަދު މުއިއްޒު، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ މަގާމަށް އައްޔަނު ކުރެއްވި ހަސަން ޒަރީރަށް ރުހުން ހޯދުމަށް ފޮނުވާފައިވާ މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވައިފި އެވެ.