Live 5,226 stories Updated Jun 19, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

މުވައްޒަފުން ވަޒީފާއިން ވަކިކުރުމާއި ދެކޮޅަށް އެމްޑީޕީ އިން ބޭއްވި "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި އެތައްހާސް ބަޔަކު ބައިވެރިވެއްޖެ

ސަރުކާރުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކުން މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ ދިއުމާ ދެކޮޅަށް އަޑުއުފުލުމަށް އިދިކޮޅު އެމްޑީޕީން އިސްނަގައިގެން ބުރާސްފަތި ދުވަހުވެ ރޭ ބޭއްވި "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި މާލެއާއި އަތޮޅުތެރޭގެ އެކި ރަށްރަށުން އެތައް ހާސް ބަޔަކު ބައިވެރިވެއްޖެ އެވެ.

ދައުލަތުގެ ކުންފުނިތަކަށް ރިސޯޓު ތަރައްޤީކުރުމުގެ ގަވާއިދު ގެޒެޓްކޮށްފި

ދައުލަތުގެ ކުންފުނިތަކަށް ޓޫރިސްޓް ރިސޯޓާއި އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓް ތަރައްޤީކޮށް ހިންގުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދޫކުރުމާ ގުޅޭ އާ ގަވާއިދެއް ސަރުކާރުން މިއަދު ގެޒެޓްކޮށްފި އެވެ.

ރޮމޭންސް ސްކޭމުގައި ޖައްސާ ފައިސާ ހޯދި މައްސަލައިގައި ހައްޔަރުކުރި މޫސާ މުހައްމަދު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ފޭސްބުކް މެސެންޖަރ މެދުވެރިކޮށް މީހުންނާ ލޯބީގެ ގޮތުން ގުޅުން އުފައްދައި، މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދަމުންދިޔަ މައްސަލައިގައި ހައްޔަރުކުރި މޫސާ މުހައްމަދު، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

އެސްޖޭގެ ބިޑުތައް ބާތިލްކުރީ ގޯސްކޮށް ކަމަށް ހައިކޯޓުން ވެސް ނިންމައިފި

ސަރުކާރުން ކުރިއަށްގެންދިޔަ ހައުސިން މަޝްރޫއުތަކަކަށް އެސްޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި ބިޑުތަކެއް ނޭޝަނަލް ޓެންޑާ ބޯޑުން ބާތިލްކުރީ ގޯސްކޮށް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމްތަކަށް ހައި ކޯޓުން ތާއީދުކޮށްފި އެވެ.

ރައީސް މުއިއްޒު ރައްޔިތުންނަށް އަނިޔާވެރިވަމުން ދަނީ ދެވަނަ ފަހަރަށް އިންތިޚާބު ނުވާނެކަން އެނގިވަޑައިގަންނަވާތީ، އެކަމުގައި ޑެސްޕަރޭޓް ވެގެން: ޔައުގޫބް

ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް އަނިޔާވެރިވަމުން ދަނީ ދެވަނަ ފަހަރަށް އިންތިޚާބު ނުވާނެކަން އެނގިވަޑައިގަންނަވާތީ، އެކަމުގައި ޑެސްޕަރޭޓް ވެގެން ކަމަށް ރައްޔިތުން މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން މިނިވަން ނޫސްވެރިކަމުގެ ދިފާއުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމުގެ ޔަގީންކަން ދީފި

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ން މިނިވަން ނޫސްވެރިކަމުގެ ދިފާއުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމުގެ ޔަގީންކަން އެފާޓީން ދީފި އެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދޫކުރާ މާލީ އިނާޔަތް ބަރާބަރަށް ޖަމާނުވާ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދައުލަތުން ދޫކުރާ މާލީ އިނާޔަތް ބަރާބަރަށް ޖަމާވަމުން ނުދާތީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާއި ސަރުކާރުުގެ ކަމާބެހޭ އިދާރާތައް ޖަވާބުދާރީ ކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ރައީސް މުއިއްޒުގެ މި ސަރުކާރުގައި މިހާތަނަށް 80 އަށް ވުރެ ގިނ މުވައްޒަފުންނަށް އަނިޔާވެރިވެފައިވޭ: އެމްޑީޕީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މިސަރުކާރުގައި މިހާތަނަށް 80 އަށް ވުރެ ގިނަ މުވައްޒަފުންނަށް އަނިޔާވެރިވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކާ ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ން ބުނެފި އެވެ.

Loading fresh headlines…