Live 6,015 stories Updated Aug 6, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ރަސްމީ ދަތުރުގެ ތެރެއިން ޕީއެންސީގެ ޖަގަހަ ޖަލްސާ ބޭއްވީ އެއްދޮނުގައި ދެބުޅި ޖަހަން، އެ ޚަރަދު ކުރާނީ ޕާޓީން: ރައީސް މުއިއްޒު

އއ. އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދަވަނީ ދައުލަތުގެ ބަޖެޓުން ނޫން ކަމަށާއި، އެއީ ޕީއެންސީގެ ޚަރަދުގައި ކުރިއަށްދާ ކަންކަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ފާޑުކިޔާ ޕީއެންސީގެ މަޖިލީހުގެ މެންބަރުންނަށް ދެވަނަ ފަހަރަށް އެފަދަ ވާހަކައެއް ނުދެއްކޭ ވަރަށް އިންޒާރުދީ، ފިއްތުންތައް ކުރިމަތިކުރުވާ: މެންބަރު ނާޒިލް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ފާޑުކިޔާ ޕީއެންސީގެ ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް އިންޒާރުދޭ ކަމަށާއި، ދެވަނަ ފަހަރަށް އެފަދަ ވާހަކައެއް ނުދެއްކޭ ވަރަށް މި ސަރުކާރުން ފިއްތުންތައް ކުރިމަތި ކުރުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާ…

2.9 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ދިރުވާލައިގެން އެތެރެކުރަން އުޅުނު މީހަކު ކަސްޓަމްސްއިން އަތުލައިގެންފި

ހަށިގަނޑުގެ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބޭރު ގައުމެއްގެ މީހަކު މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގަނެފި އެވެ.

ކަނޑުމަތީގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހެއްގެ އިތުރުން ދޯނީގެ ކެޕްޓަން ގެއްލިގެން ހޯދަނީ

ކަނޑުމަތީގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި ދިވެހި ސިފައިންގެ މީހަކާއި ފުލުހެއްގެ އިތުރުން ދޯނީގެ ކެޕްޓަން ގެއްލިގެން ހޯދަން ފަށައިފި އެވެ.

މާލޭގައި އަމިއްލަ ފަރާތްތަކުން ކުނި އުކާލުމަށް ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށަނީ

މާލޭގައި އަމިއްލަ ފަރާތްތަކުން ކުނި އުކާލުމަށް ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށަން ނިންމައިފި އެވެ.

ފ. ފީއަލީގައި އެމްޓީސީސީން ކުރިއަށްގެންދާ ފުޓްސަލް ދަނޑުގެ މަސައްކަތް ކުރަނީ އަތު އުދެއްޔާއި، ފަކީރާ އަދި ބަރޯ ބޭނުންކޮށްގެން!

ފ. ފީއަލީގައި އެމްޓީސީސީން ކުރިއަށްގެންދާ ފުޓްސަލް ދަނޑުގެ މަސައްކަތް ކުރަނީ އަތު އުދެއްޔާއި، ފަކީރާ އަދި ބަރޯ ބޭނުންކޮށްގެންކަން ހާމަވެއްޖެ އެވެ.

އުކުޅަހުގެ އިސްވެރިންނާ ރައީސް މުއިއްޒު ބައްދަލު ކުރައްވައިފި

އަރިއަތޮޅު އުތުރުބުރީ އުކުޅަސް ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ ) ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި އެވެ. މި ބައްދަލުކުރެ…

ކައުންސިލްތަކުގެ ބާރު ކަނޑުވާލާއިރު، ޕީއެންސީ ކައުންސިލަރުން ވެސް އެމްޑީޕީއާއެކު އިހުތިޖާޖަށް ނުކުންނާނެ ކަމަށް އުންމީދުކުރަން: ނަޝީދު

ކައުންސިލްތަކުގެ ބާރު ކަނޑުވާލާއިރު، ޕީއެންސީގެ ކައުންސިލަރުން ވެސް އެމްޑީޕީއާ ގުޅިގެން އިހުތިޖާޖު ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަޕަރސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މަސައްކަތްތަކަށް ހުރަސްނޭޅުމަށް އެންއައިސީ އިން އިލްތިމާސްކޮށްފި

ގާނޫނު ތަންފީޒުކުރާ އިދާރާތަކުން އެ އިދާރާތަކުގެ ގާނޫނީ މަސްއޫލިއްޔަތާއި ޒިންމާ އަދާކުރުމަށް ކުރާ މަސައްކަތްތަކާމެދު، ރައްޔިތުންގެ މެދުގައި ޝައްކު އުފައްދައި ނުރަނގަޅު ތަސައްވުރެއް އުފެދޭގޮތަށް މީސްމީޑިއާގައި ވާހަކަދެއްކުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން …

Loading fresh headlines…