ފ. ފީއަލީގައި އެމްޓީސީސީން ކުރިއަށްގެންދާ ފުޓްސަލް ދަނޑުގެ މަސައްކަތް ކުރަނީ އަތު އުދެއްޔާއި، ފަކީރާ އަދި ބަރޯ ބޭނުންކޮށްގެންކަން ހާމަވެއްޖެ އެވެ. 

ޝަރުވާން އަލީ ނަމަކަށް ކިޔާ އެކައުންޓަކުން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓް
ޝަރުވާން އަލީ ނަމަކަށް ކިޔާ އެކައުންޓަކުން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓް

އާންމު ރައްޔިތަކު ކަންބޮޑުވުން ފާޅުކޮށް ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ވީޑިއޯއެއްގައި ބުނެފައި ވަނީ އެމްޓީސީސީގެ ވެހިކަލްތައް ރަށުގައި ހުރި ނަމަވެސް މަސައްކަތް ކުރަމުން ދަނީ އަތު އުދެއްޔާއި ބަރޯ ފަދަ ތަކެތި ބޭނުންކޮށްގެން ކަމަށެވެ. 

ފީއަލީ ފުޓްސަލް ދަނޑުގެ މަސައްކަތަކީ އައު ކައުންސިލް ހުވާ ކުރުމުގެ ކުރިން ހުޅުވަން ނިންމާފައިވާ މަޝްރޫއު އެކެވެ. ނަމަވެސް ދަނޑުގެ މަސައްކަތް ނުނިމި ދިގުލައިގެން ދިޔުމުގެ ސަބަބުން ވަނީ ހުޅުވޭ ގޮތް ނުވެފައި އެވެ. 

އާންމު ރައްޔިތަކު ބުނި ގޮތުގައި މި މަސައްކަތް ނިންމަން ތާރީހުތަކެއް ކަނޑައެޅި ނަމަވެސް މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވަނީ މަސައްކަތް ކުރަން ގެނައި ސާމާނު ގެންދިޔުމުން ކަމަށެވެ. 

ޝަރުވާން އަލީ ނަމަކަށް ކިޔާ އެކައުންޓަކުން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓް

ޝަރުވާން އަލީ ނަމަކަށް ކިޔާ އެކައުންޓަކުން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓް|ސޯޝަލް މީޑިއާ

މީގެއިތުރުން މި މަސައްކަތް ނުނިމި ލަސްވާ ކޮންމެ ދުވަހަކީ ފީއަލީގެ ޒުވާނުންނަށް ލިބޭ ގެއްލުމެއް ކަމަށް ބުނެ އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައި އެވެ. 

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ފީއަލީއިން ކައުންސިލް 3 ގޮނޑި އަދި ޑަބްލިއުޑީސީގެ 3 ގޮނޑި ވެސް ލިބިފައި ވަނީ ވެރިކަން ކުރާ ޕާޓީ ޕީއެންސީއަށެވެ. މިއީ ތާރީހުގައި ވެސް ޕީއެންސީ ފިކުރަށް އެ ރަށު ކައުންސިލް މެޖޯރިޓީ ލިބުން ފުރަތަމަ ފަހަރެވެ.