Live 6,015 stories Updated Aug 10, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

މި ސަރުކާރުން ދަނީ ކައުންސިލްތަކަށް އޮންނަ ހަމައެކަނި ބާރަކީ ވިހާ މަރުވާ ބެލެހެއްޓުން ކަމަށް ހެދުމަށް މަސައްކަތް ކުރަމުން: މައުރޫފް

މި ސަރުކާރު ވެރިކަމާ ހަވާލުވި ދުވަހުން ފެށިގެން ވެސް ކުރަމުންދާ ހަމައެކަނި މަސައްކަތަކީ ރައްޔިތުންނަށް ގާނޫނު އަސާސީ އިން ލިބިދީފައިވާ ހުރިހާ ބާރުތަކެއް ހަނިކޮށް، ކައުންސިލްތަކުގެ ބާރު މުޅިން ކަނޑުވާލުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ޑޮކްޓަރުންގެ 60 އިންސަތައަކީ ބިދޭސީން: މިނިސްޓަރު ގީލާ

ރާއްޖޭގެ ސިއްހީ ޚިދުމަތްތެރީންނަށް ބަލާއިރު ގިނަ އަދަދެއްގެ ބިދޭސީން ހިމެނޭ ކަމަށާއި، މަސައްކަތް ކުރާ ޑޮކްޓަރުންގެ 60 އިންސައްތަ އަކީ ވެސް ބިދޭސީން ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެ އެވެ.

އަނބުރާ ގެންދިއުމަށް އެތައް ބަޔަކު ގޮވާލަމުންދާ ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު މަޖިލީހުން ބަލައިގަނެފި

ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތަކާއި ތަންތަން ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި އެ ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސުން ވަކިކުރަން ސަރުކާރުން ނިންމާ ހާލަތެއްގައި، އެ ތަންތަން ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު، ރައްޔިތުންގެ މަޖިލީހުން …

ފަޅުރަށްރަށާއި ފަޅު ކުއްޔަށް ދިނުމާބެހޭ ބިލު ބަލައިގަނެފި، ދިރާސާ ކުރާނީ މުޅި މަޖިލީހުގެ ކޮމީޓީ އިން

ދިވެހިރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ގާނޫނު އުވާލައި، ދިވެހިރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް އެކަށައެޅުމާއި ކުއްޔަށް ދިނުމާއި ވަކި ބޭނުމަކަށް އެކަަށައެޅިފައި ނުވާ ފަޅުރަށްރަށް ވަރުވާ އަށް ލިޔެދިނުމާއި އެފަދަ ފަޅުރަށްރަށާއި ފަަޅުތަކާ ގުޅޭ އުސޫލު އެކުލަވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހު…

ކިހާދޫއަށްވީ ވައުދުތައް ފުއްދުމުގެ ލަސްކަން ރައީސް ގަބޫލުކުރައްވާފައިވާއިރު، ސިއްހީ މަރުކަޒުގެ މަސައްކަތަށް އަނެއްކާވެސް އައު ޑެޑްލައިނެއް!

ބ. ކިހާދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރަތް ޤާއިމުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ވެވަޑައިގެންފައިވާ ވައުދުފުޅު ނުފުއްދި ގިނަ ދުވަސްތަކެއް ވެފައިވާއިރު، އެ މަސައްކަތަށް އަނެއްކާ ވެސް ސަރުކާރުން އައު ޑެޑްލައިނެއް ދީފި އެވެ.

ވަގަށް ރަން އެތެރެކުރި މީހަކު ޖަލަށްލާން ކުރި ހުކުމް ބާތިލުކޮށް، ރަންތައް އަނބުރާ ދޭން އޭނާގެ ފަރާތުން އެދިއްޖެ

ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ މުހައްމަދު މުހައްމަދު ސުލައިމްހާން ރާއްޖެއަށް ސިއްރުން ރަން އެތެރެކުރި މައްސަލައިގައި ކުށްވެރިކޮށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށް، މައްސަލައިގެ އަޑުއެހުންތައް ފަށައިފި އެވެ.

ކަނޑު ދަތުރުފަތުރުގެ ޤަވާއިދުތައް ހުރީ ހެދިފައި، މައްސަލަ އަކީ ފިޔަވަޅު ނޭޅޭތީ: ޒާހިރު

ކަނޑު ދަތުރުފަތުރު ކުރުމުގެ ޤަވާއިދު އޮތީ ހެދިފައި ކަމަށާއި، މައްސަލަ އަކީ އެކަން ތަންފީޒުކޮށް ފިޔަވަޅު އަޅާނެ ބަޔަކު ނެތުން ކަމަށް އެ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އިބްރާހީމް ޒާހިރު ވިދާޅުވެއްޖެ އެވެ.

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

މިއަހަރުގެ މޭ މަހު ވ. އަތޮޅު "ދެވަނަ ކަނޑު" ގެ ހޮހަޅައިގައި ތާށިވި އިޓަލީގެ ހަތަރު ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަނުގައި އުޅެނިކޮށް ނިޔާވި ކޯސްޓްގާޑުގެ ޑައިވަރު، ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީގެ މަރާ ބެހޭގޮތުން ސަރުކާރުން ދީފައިވާ ރަސްމީ މަޢުލޫމާތުތަކަށް އޭނާގެ އާއިލާއިން އިންކާރުކޮށްފި ކަމ…

އެމްޑީޕީ އިން މުޒާހަރާ ބާއްވާ ވާހަކަ އިއުލާާން ކުރުމުން، މިނިސްޓަރުން ޓިކްޓޮކް ކުޅެން ފަށައިފި: ރާއީ

އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން މުޒާހަރާ ބައްވާ ވާހަކަ އިއުލާން ކުރުމުން، ސަރުކާރުގެ މިނިސްޓަރުން ޓިކްޓޮކް ކުޅެން ފަށާފައިވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ރާއީ ވިދާޅުވެއްޖެ އެވެ.

ހިރިމަރަދޫ ރައްޔިތުންގެ އަސާސީ ހައްގުތައް ގެއްލެމުންދާތީ އެމްޑީޕީ އިން އެކަން އެޗްއާރްސީއެމްގެ ސަމާލުކަމަށް ގެނެސްފި

ހދ. ހިރިމަރަދޫ ކައުންސިލް އުވާލުމާ ގުޅިގެން އެ ރަށު ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ހޯދުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާތީ، އެމްޑީޕީ އިން އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ސަމާލުކަމަށް ގެނެސްފި އެވެ.

އިތުރަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ކުރިން ނަގާފައިވާ ލޯން މެދުކަނޑާލަދޭތޯ މިނިސްޓްރީއާ ސުވާލު ކުރުމުން ސާފު ޖަވާބެއް ނުދިން!

އިތުރަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ކުރިން ނަގާފައިވާ ސްޓޫޑެންޓް ލޯން މެދުކަނޑާނުދޭ މައްސަލައިގައި ބެލެނިވެރިންނާއި ދަރިވަރުންގެ ޝަކުވާ ބޮޑުވެއްޖެ އެވެ.

Loading fresh headlines…