Live 13,985 stories Updated Nov 4, 2026
Showing: PSM
Browse topics PSM

PSM

Live feed

ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނަ 5 ބޭފުޅަކަށް

ނޮވެމްބަރު 3ގެ ޝަރަފުގެ ޚައްޞަ އައްޑަނަ، ފަސް ބޭފުޅަކަށް އަރުވައިފިއެވެ. އެ ބޭފުޅުންނަށް ޝަރަފުގެ އައްޑަނަ އެރުވީ، މިރޭ ބޭއްވި ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މިރޭގެ ޖަލްސާގައި ޝަރަފުގެ އައްޑަނަ އަރުވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ބޭފުޅުންނަކީ، 1988ވަނަ އަހަރު ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހު، ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާގައި، ސިފައިންގެއިން ހަނގުރާމައިގެ މައިދާނަށް ނުކުމެވަޑައިގެން، އިސްލާމް ދީނާއި ދިވެހި ޤައުމުގެ ދިފާއުގައި، ހިތްވަރާއި، ލާމަސީލު ނަމޫނާ ދެއްކެވި 5 ބޭފުޅަކ…

އަހަރުގެ މިހާތަނަށް 1.8 މިލިޔަން ފަތުރުވެރިން

އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.8 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ ޓޫރިޒަމް އަޕްޑޭޓު ރިޕޯޓުގައިވާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1,803,749 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 1,858,995 ފަތުރުވެރިންނާ އަޅާ ބަލާއިރު %3 ދަށް އަދަދެކެވެ. މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން ފަތުރުވެރިންގެ އަދަދުތައް ދަށްވުމަށްފަހު މިދި…

އެންބީއޭގެ އެންމެ ކުރީގައި ސެވަންޓީ ސިކްސަރސް އާއި ރޮކެޓްސް

އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގެ އީސްޓަން ކޮންފަރެންސްގެ އެންމެ ކުރީގައި ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް އުޅޭއިރު ވެސްޓަން ކޮންފަރެންސްގެ އެންމެ ކުރީގައި އުޅެނީ ހިއުސްޓަން ރޮކެޓްސްއެވެ. މިމުބާރާތުގައި ސެވަންޓީ ސިކްސަރސް އާއި ޝިކާގޯ ބުލްސް ބައްދަލުކުރި މެޗު ސިކްސަރސް ކާމިޔާބު ކޮށްފައިވަނީ 126 ޕޮއިންޓް 107 ޕޮއިންޓުންނެވެ. ފިލަޑެލްފިއާގެ އެކްސްފިނިޓީ މޯބައިލް އެރީނާގައި ކުޅުނު މިމެޗުގައި ފެށުނީއްސުރެ ނިމެންދެން ލީޑުގައި އުޅުނީ ސެވަންޓީ ސިކްސަރސްއެވެ. މިގޮތުން ފުރަތަމަ ހާފް ނިންމާލިއިރު 5 ޕޮއިންޓ…

ވައި ނުސާފުވެ، ލާހޯރާއި ދިއްލީގެ އާންމު ސިއްހަތަށް ބޮޑު ނުރައްކަލެއް

ފިނި މޫސުން ފެށުމުގެ ކުރިން ދެކުނު އޭޝިއާގެ ބައެއް ސަރަހައްދުތަކުގެ ވައިގެ ފެންވަރު ކުއްލިއަކަށް ދަށަށް ގޮސް، ދުނިޔޭގައި ވައި އެންމެ ބޮޑަށް ނުސާފު ސިޓީގެ ގޮތުގައި ޕާކިސްތާނުގެ ލާހޯރު ރެކޯޑުކުރެވިއްޖެއެވެ. ވައިގެ ފެންވަރު ވަޒަންކުރާ ސްވިޒަލަންޑުގެ އައިކިއުއެއާ ގެ ތަފާސްހިސާބުތައް ދައްކާގޮތުން، އަންގާރަ ދުވަހުގެ ފަތިހު ލާހޯރުގެ ވައިގެ ސާފުކަން ބަލާ އިންޑެކްސް ހުރީ 447 ގައެވެ. މިއީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވާ ރައްކާތެރި މިންގަނޑަށްވުރެ 60 ގުނަ އިތުރު އަދަދެކެވ…

ދަނޑުމަތީ ލިބުނު އަނިޔާއަކާއެކު ޓެނެރީފޭގެ ފޯވަޑް ހޭސުސް މަރުވެއްޖެ

ސްޕެނިޝް ދެވަނަ ޑިވިޜަންގައި ސީޑީ ޓެރެނީފޭ އާއި އެފްސީ އަންޑޯރާގެ މެދުގައި ކުޅުނު މެޗުގައި ޓެރެރީފޭގެ ފޯވަޑް ހޭސުސް ޑެ މިގުއެލް އަލަމޭޑާ އާއި އެންޑޯރާގެ ކީޕަރު ހޭސުސް އޮވޯނޯ ޖެހި ލިބުނު އަނިޔާ އަކާއި ގުޅިގެން ހޭސުސް މަރުވެއްޖެއެވެ. އިއްޔެ ކުޅުނު މިމެޗުގައި ހޭސުސްއަށް އަނިޔާވީ އެންޑޯރާ ހާފްގެ ތެރެއިން އޮވޯނޯ ބޯޅައެއް ދިފާއު ކުރުމުގެ ތެރޭގައި އޭނާގެ ކަކުލުން ހޭސުސްގެ މޭމަތީ ވަރަށް ބާރަށް ޖެހި ލިބުނު އަނިޔާ އާގުޅިގެންނެވެ. މިހާދިސާއާއެކު ހޭސުސް ދަނޑު މައްޗަށް ވެއްޓި ހަރަކާތެއް ނެތިފައިއޮތް އިރު ދެޓ…

ރާއްޖެއަށް އެއާ ބެޑްމިންޓަން ފުޅާކުރަން މަސައްކަތް ކުރާނަން: ބީއޭއެމް

އަމާޒަކީ ރާއްޖޭގެ ރަށްރަށާއި ރިސޯޓުތަކަށް އެއާ ބެޑްމިންޓަން ފުޅާކޮށް މުސްތަގުބަލުގައި މި ކުޅިވަރު އިތުރަށް ތަރައްގީކުރުން ކަމަށް ބެޑްމިންޓަން އެސޯސިއޭޝަން (ބީއޭއެމް) ރައީސް އިޝްފާން މުހައްމަދު ވިދާޅުވެއްޖެއެވެ. ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ކުރިޔަށް ގެންދިޔަ އެ އެސޯސިއޭޝަނުގެ ފުރަތަމަ އެއާ ބެޑްމިންޓަން މުބާރާތް ނިންމާލުމަށްފަހު ޕީއެސްްއެމް ނިއުސްއަށް ދެއްވި އިންޓަވިއުގައި އިޝްފާން ވިދާޅުވީ މީ ދުނިޔޭގައި ވަރަށް މަޝްހޫރުވަމުން އަންނަ ކޮންސެޕްޓެއް ކަމަށެވެ. އެހެންވީމަ މިކަހަލަ ފުރުސަ…

ސާފް ޗެމްޕިއަންޝިޕުގެ މެޗުތައް ޕީއެސްއެމުން ވަގުތުން ގެނަސްދޭނެ

މިމަހު ބަންގްލަދޭޝްގައި ފަށާ ސަރަހައްދީ ފުޓުބޯޅައިގެ އެންމެ ބޮޑު މުބާރާތް "ޓެކޯ ސާފް ޗެމްޕިއަންޝިޕް 2026"ގެ ހުރިހާ މެޗެއް ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމުން ލައިވް ކުރަން ނިންމައިފިއެވެ. މި ފަހަރުގެ މުބާރާތް ފެށުމަށް ތާވަލުކޮށްފައިވަނީ އަންނަ ބުރާސްފަތި ދުވަހަށެވެ. މި މުބާރާތުގެ މެޗުތައް ދެ ގްރޫޕަކަށް ބަހައިލައިގެން ކުރިއަށްދާއިރު، ގްރޫޕް "އޭ" ގައި ވާދަކުރާނީ މުބާރާތް ބާއްވާ ގައުމު ބަންގްލަދޭޝް، ބޫޓާން އަދި ސްރީލަންކާއެވެ. ގްރޫޕް "ބީ"ގައި ހިމެނެނީ ރާއްޖޭގެ އިތުރުން އިންޑިއާ އަދި ޕާކިސްތާނެވެ. …

ނަސްރުގެ ދުވަހުގެ އަސްކަރީ ހަރަކާތްތައް ރައީސްގެ ދެކަނބަލުން ޝަރަފްވެރިކޮށްދެއްވައިފި

ނަސްރުގެ ދުވަސް ފާހަގަކުރުމަށް ޤައުމީ ދިފާއީ ބާރުގެ ފަރާތުން ހުށައަޅައިދޭ އަސްކަރީ ހުށައެޅުންތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފަވެރިކޮށްދެއްވައިފިއެވެ. މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ، ޖުމްހޫރީ މައިދާން ސަރަހައްދުގައެވެ. މި އަސްކަރީ ހުށައެޅުންތަކުގައި ޤައުމީ ދިފާއީ ބާރުގެ އެކިއެކި ބަހާތަކުން ކުރާ މަސައްކަތްތަކާއި އަދި ނަސްރުގެ ދުވަހާއި ގުޅުންހުރި ތަފާތު ހުށައެޅުންތައް ހުށައަޅައިދީފައިވެއެވެ. އަސްކަރީ ހުށައެޅުންތައް ޝަރަފްވެރިކޮށްދެއްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފަ…

ދިވެހި 62 ކުންފުންޏާއެކު ވޯލްޑް ޓެރެވަލް މާކެޓް ފަށައިފި

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ 62 ކުންފުންޏާއެކު، ވޯލްޑް ޓްރެވަލް މާކެޓް 2026 ފަށައިފިއެވެ. މިއީ މިއަހަރު ރާއްޖެއިން ބައިވެރިވާ މިފަހަދަ ބޮޑެތި ފެއާތަކުގެ އެންމެ ފަހު ފެއާއެވެ. ފެއާގައި ރާއްޖޭގެ ސްޓޭންޑް ހުޅުވުމުގެ ގޮތުން، ދަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޢަބްދުﷲ ޔާސިރު އަދި ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަމީލާ އަލީ ވަނީ…

އެމްޓީސީސީގެ ބޯޑުގެ ޑިރެކްޓަރުކަމުގެ މަޤާމަށް ހުޅުވާލައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ 2 ޑިރެކްޓަރުންގެ ތެރެއިން ހުސްވެފައިވާ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މަޤާމަށް ޝަރުތުހަމަވާ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 24ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 އެވެ. އެމްޓީސީސީން ހާމަކުރި ގޮތުގައި، ކުންފުނީގެ ހިންގާ ޤަވާއިދުގެ 57 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުންނާއި މިހާރުގެ ހިއްސާގެ ނިސްބަތަށް…

ޢުމާން ކައިރިން ދަތުރުކުރި އިންޑިއާގެ މުދާ އުފުލާ އުޅަނދަކަށް ހަމަލާދީފި

ޢުމާންގެ އައްސޭރިފަށުގެ ސަރަހައްދުން ދަތުރުކުރަމުންދިޔަ އިންޑިއާގެ ދިދަ ޖަހާފައިވާ މުދާ އުފުލާ އުޅަނދަކަށް، ކޮން ބައެއްކަން ނޭނގޭ ފަރާތަކުން ދިން ހަމަލާއެއްގައި އިންޑިއާގެ ޒުވާން ފަޅުވެރިއަކު މަރުވެ، އިތުރު 13 މީހަކު ސަލާމަތްކޮށްފިއެވެ. އިންޑިއާގެ ޕޯޓްސް، ޝިޕިންގ އެންޑް ވޯޓަރވޭސް މިނިސްޓަރު ސަރްބާނަންދާ ސޮނޯވަލް ވިދާޅުވީ، 14 ފަޅުވެރިންނާއެކު ޔޫއޭއީގެ އަލް ޙަމްރިއްޔާ ބަނދަރުން ފުރައިގެން އިންޑިއާގެ ޕޮރްބަންދަރަށް ދަތުރުކުރަމުންދިޔަ 'އެމްއެސްވީ އަލް ޔޫސުފީ' ނަމަކަށް ކިޔާ އުޅަނދަށް އޮމާންގެ ލިމާ ކަ…

"ދިވެހި އަސްކަރިއްޔާއަށް އެންމެ ބޮޑު ތަރައްގީއެއް އައީ މިދައުރުގައި"

ދިވެހި އަސްކަރިއްޔާއަށް އެންމެ ބޮޑު ތަރައްގީއެއް އައިސްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ދައުރުގެ ތެރޭގައި ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވެއްޖެއެވެ. ޗީފް އޮފް ޑިފެންސް ފޯސް މިހެން ވިދާޅުވީ ނަސްރުގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ކުރިއަށްގެންދިޔަ ސިފައިންގެ ހެވިކަމުގެ ހަރަކާތްތައް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ހިލްމީ ވަނީ ޤައުމުގެ އަސްކަރިއްޔާއަށް މި ފާއިތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގަ…

Loading fresh headlines…