ނަސްރުގެ ދުވަސް ފާހަގަކުރުމަށް ޤައުމީ ދިފާއީ ބާރުގެ ފަރާތުން ހުށައަޅައިދޭ އަސްކަރީ ހުށައެޅުންތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފަވެރިކޮށްދެއްވައިފިއެވެ. މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ، ޖުމްހޫރީ މައިދާން ސަރަހައްދުގައެވެ.

މި އަސްކަރީ ހުށައެޅުންތަކުގައި ޤައުމީ ދިފާއީ ބާރުގެ އެކިއެކި ބަހާތަކުން ކުރާ މަސައްކަތްތަކާއި އަދި ނަސްރުގެ ދުވަހާއި ގުޅުންހުރި ތަފާތު ހުށައެޅުންތައް ހުށައަޅައިދީފައިވެއެވެ.

އަސްކަރީ ހުށައެޅުންތައް ޝަރަފްވެރިކޮށްދެއްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުއިއްޒެވެ. އެމަނިކުފާނުގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ކެބިނެޓުގެ ވަޒީރުންނާއި، ދައުލަތުގެ އިސްވެރިންނާއި އަދި ދައުވަތު އެރުވިގެން ވަޑައިގެން ތިއްބެވި އިއްޒަތްތެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ނަސްރުގެ ދުވަހުގެ އަސްކަރީ ހަރަކާތްތައް ރައީސްގެ ދެކަނބަލުން ޝަރަފްވެރިކޮށްދެއްވައިފި
ނަސްރުގެ ދުވަހުގެ އަސްކަރީ ހަރަކާތްތައް ރައީސްގެ ދެކަނބަލުން ޝަރަފްވެރިކޮށްދެއްވައިފި
ނަސްރުގެ ދުވަހުގެ އަސްކަރީ ހަރަކާތްތައް ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

ގައުމީ ދިފާއީ ބާރުން ހުށައަޅައިދޭ އަސްކަރީ ހަރަކާތްތަކަކީ، ކޮންމެ އަހަރަކުވެސް އާންމުންގެ ވަރަށް ބޮޑު ޝައުގުވެރިކަމެއް ލިބިގެންދާ ހަރަކާތްތަކެކެވެ. ޚާއްސަކޮށް ކުޑަކުދިންގެ މެދުގައި މި ހަރަކާތްތަކަށް އޮންނަ ޝައުގުވެރިކަން ބޮޑުވެގެންދެއެވެ. މިއަހަރުގެ ނަސްރުގެ ދުވަހުގެ އަސްކަރީ ހަރަކާތްތައް ބަލާލުމަށްވެސް ގިނަ އަދަދެއްގެ އާންމުންނާއި، ކުޑަކުދިން ވަނީ ޖުމްހޫރީ މައިދާން ސަރަހައްދަށް ޖަމާވެފައެވެ.

ނަސްރުގެ ދުވަހުގެ އަސްކަރީ ހަރަކާތްތައް ރައީސްގެ ދެކަނބަލުން ޝަރަފްވެރިކޮށްދެއްވައިފި
ނަސްރުގެ ދުވަހުގެ އަސްކަރީ ހަރަކާތްތައް ރައީސްގެ ދެކަނބަލުން ޝަރަފްވެރިކޮށްދެއްވައިފި
ނަސްރުގެ ދުވަހުގެ އަސްކަރީ ހަރަކާތްތައް ބަލާލުމަށް އާއްމުންގެ ގިނަ ބަޔަކު ޖަމާވެފައި. / ފޮޓޯ:ޕީއެސްއެމް

އަސްކަރީ ހަރަކާތްތަކުގެ ތެރޭގައި ޤައުމީ ދިފާއީ ބާރުގެ އެކިއެކި ބަހާތަކުގެ ޔުނިފޯމްތަކާއި، އުޅަނދުތައް ވަނީ ދައްކާލާފައެވެ. އެއްގަމާއި ކަނޑުމަގުން ޚިދުމަތް ދިނުމަށް ސިފައިން ގެންގުޅޭ އެކިއެކި އުޅަނދުތައް މި ހަރަކާތުގެ ތެރެއިން ދައްކާލިއެވެ. މި ހަރަކާތުގެ އެންމެ މުހިންމު އެއް ބޭނުމަކީ، ސިފައިންގެ ޚިދުމަތަށް އައިސްފައިވާ ކުރިއެރުމާއި ގާބިލުކަން އާންމުންނަށް ދައްކާލުމެވެ. އަސްކަރީ ހުށައެޅުންތަކުގެ އިތުރުން މިލިޓަރީ ބޭންޑުގެ ހުށައެޅުންތައްވެސް ވަނީ ދައްކާލާފައެވެ.