އެންމެ ހަތް ބިލިއަން ޑޮލަރުގެ އިގްތިސާދަކަށް 12 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް!
މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ދުބާއީގެ އެންމެ ނަން ހިނގާ އެއް ކުންފުނި ކަމަށްވާ އީގަލް ހިލްސްއާ އެކު ދިވެހި ސަރުކާރުން ވަނީ ރަސްމާލޭގައި ތާރީހީ މަޝްރޫއެއް ހިންގުމަށްޓަކައި 12 ބިލިއަން އެމެރިކާ ޑޮލަރުގެ ފްރޭމްވާކް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.