ފެނަކައިގެ އޮޑިޓް ރިޕޯޓާ ގުޅިގެން އިތުރު މުވައްޒަފުންނަށް ފިޔަވަޅު އަޅަން އަންގައިފި
ގަވައިދާ ހިލާފަށް ފެނަކައިގެ މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދީފައިވާތީ، އެކަމާ ގުޅިގެން ފެނަކައިގެ އިސްވެރިންނަށް ފިޔަވަޅު އެޅުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުންނަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އަންގައިފި އެވެ.