Live 340,064 stories Updated Apr 14, 2026
Browse topics All stories

Latest stories

Live feed

އައިޕީޔޫގެ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް އަބްދުއްރަހީމް އިސްތަންބޫލަށް!

އިންޓަ-ޕާލިމެންޓަރީ ޔުނިއަން (އައިޕީޔޫ) ގެ 152 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ތުރުކީވިލާތުގެ އިސްތަންބޫލަށް މިއަދު ފުރާވަޑައިގެންފިއެވެ.

ތެލުގެ އަގު ބޮޑުވުމުން މޯލްޑިވިއަން އިން ޓޫރިސްޓުންގެ ޓިކެޓުގެ އަގުބޮޑުކޮށްފި

އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެފައި ވާތީ، ރާއްޖޭގެ ގައުމީ އެއާލައިން 'މޯލްޑިވިއަން" އިން ޓޫރިސްޓުންނަށް ޓިކެޓް ވިއްކާ އަގު ބޮޑުކޮށްފި އެވެ.

އިޒްރޭލު ސިފައިން ފަލަސްތީނުގެ ސްކޫލް ކުދިންގެ ތެރެއަށް ކަރުނަގޭސް ޖަހައިފި

އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ސްކޫލަކަށް ވަދެވޭނެ މަގު، ޔަހޫދީ ޣައިރު ގާނޫނީ ވަޒަންވެރިން ބަންދުކުރުމާ ގުޅިގެން އިހުތިޖާޖު ކުރަމުންދިޔަ ފަލަސްތީނުގެ ކުޑަކުދިންތަކަކަށް އަމާޒުކޮށް އިޒްރޭލު ސިފައިން ކަރުނަގަސް ޖަހައި ހަމަލާދީފި އެވެ.

އެއްމެދު އިމާރާތްތަކުގެ މެނޭޖްމަންޓް ކޯޕަރޭޝަން އުފެއްދުމުގެ މަސައްކަތް ފަށައިފި

އެއްމެދު އިމާތާތްތައް ހިންގައި ބެލެހެއްޓުމަށްޓަކައި މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ފަށައިފިއެވެ. މިއީއެއްމެދު އިމާރާތުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ "އެއްމެދު އިމާރާތުގެ މެނޭޖްމަންޓް ހިންގުމުގެ ގަވާއިދު"ގެ ދަށުން އުފައްދާ ކޯޕަ…

ކާބޯތަކެތީގެ ރައްކާތެރިކަމަށް ރިޒަރވެއް ޤާއިމުކުރަން ގޮވާލައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޤައުމުތައް ގުޅިގެން ރިޒަރވެއް ޤާއިމުކުރަން ރަޝިޔާއިން ބްރިކްސްގެ ޤައުމުތަކަށް ގޮވާލައިފިއެވެ. ފެބުރުވަރީ 28 ވަނަ ދުވަހު ޞަހްޔޫނީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ޣައިރުޤާނޫނ…

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ޖޫން 6 ގައި ބާއްވަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ހުކުމް ކޮށްފައިވާތީ އެ ދާއިރާގެ ބައި އިލެކްޝަން އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

Loading fresh headlines…