މިއަދަކީ ސަރުކާރުން ރައްޔިތުންގެ ނިންމުންތަކަށް ގޮންޖަހާ، އެ މީހުންގެ ބާރު
ދައްކާލުމުގެ ކުޅަދާނަކަމާއި ކެރުންތެރިކަން ދައްކާލާ ތާރީހީ ދުވަސް ކަމަށް
ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް
ވިދާޅުވެއްޖެ އެވެ.
އިދާރީ ދާއިރާތައް ލާމާރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހަޅާފައިވާ
އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލާ ހުށަހަޅާފައިވާ ޕެޓިޝަނަށް ބަހުސް
ކުރައްވަމުން މެންބަރު އަމީން ވިދާޅުވީ، ކިތަންމެ ވަރަކަށް ދޮގު ހަދާ އޮޅުވާލަން
މަސައްކަތް ކުރި ނަމަވެސް މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ޕެޓިޝަނަކީ ފުރަތަމަ
ޕެޓިޝަނަށް ގޮންޖެހުމަށް ޕީއެންސީގެ ބައިވެރިވުމާ އެކު ހުށަހަޅާފައިވާ ޕެޓިޝަނެއް
ކަމަށެވެ.
ޕީއެންސީގެ ބައިވެރިވުން އޮތް ޕެޓިޝަނަކަށް އަޅުގަނޑުމެން މި ބަހުސް ކުރަނީ. ކިތަންމެ ވަރަކަށް ދޮގު ހަދާ އޮޅުވާލަން އުޅުނަކަސް ދިވެހި ރައްޔިތުންނަށް އެނގޭ ފުރަތަމަ ޕެޓިޝަނަށް ގޮންޖަހާލާ ބާރު ދައްކާލުމުގެ ދެވަނަ ޕެޓިޝަންކަން މިއަދު މިއޮތީ ހުށަހަޅާފައިއަމީން ފައިސަލް
މަޖިލީހުގެ ގަދަރާއި އިއްޒަތް އަދި އިތުބާރު ގެއްލިގެން ދަނީ ދިވެހި
ރައްޔިތުން ދީފައިވާ މެޖޯރިޓީގެ ނާޖައިޒު ފައިދާ ނަގާތީވެ ކަމަށް ފާހަގަ ކުރައްވާ
މެންބަރު އަމީން ވިދާޅުވީ، ރައްޔިތުންގެ ސޮޔާ އެކު މަޖިލީހަށް ހުށަހަޅާފައިވާ
ޕެޓިޝަނަށް ބާރު ދެއްކުމުގެ ގޮތުން ޤާނޫނަށް ބަދަލު ގެނައުމަކީ ހެޔޮ ނިޔަތެއްގައި
ކޮށްފައިވާ ކަމެއް ކަމަށް ރައްޔިތުން ގަބޫލެއް ނުކުރާނެ ކަމަށެވެ.
މެންބަރު އަމީން ވިދާޅުވީ، އެމްއެންޔޫ އިން ހަދާފައިވާ ސާރވޭ އަދި ރިސާރޗްތަކުން ރައްޔިތުންގެ ބަހެއް ރައްޔިތުންނާ ގުޅޭ ކަންކަމުގައި އޮންނަން ޖެހޭކަން
ދައްކައިދޭ ކަމަށެވެ.
ލާމަރުކަޒީ ގާނޫނަށް ގެނެވުނު ބަދަލާއެކު މިއަދާ ހަމައަށް ރައްޔިތުންނަށް ގޯތި ގެދޮރު ހަވާލު ނުކުރެވޭ ރަށްތަކެއް އެބަހުރި ކަމަށާއި، ޓޫރިޒަމް ޒޯނުގެ ބިންތައް
ހަވާލު ނުކުރެވި ހުރި ރަށްތައް ވެސް އެބަހުރި ކަމަށް މެންބަރު އަމީން ވިދާޅުވި އެވެ. އަދި
ސަރުކާރަށް މަޝްރޫއުތައް ހިންގުމަށް އެކި ރަށްތަކުގެ ކައުންސިލުން ބިންތައް
ދީފައިވާއިރު މަސައްކަތްތައް ކުރިޔަށް ނުދާކަމަށް މެންބަރު އަމީން ވިދާޅުވި އެވެ.
މިއަދާ ހަމައަށް ލާމަރުކަޒީ ނިޒާމު އައިސް އެމްއެންޔޫ އިން ހަދައިފައިވާ ސާރވޭތަކާއި ރިސާރޗްތަކުން ދައްކަނީ ރައްޔިތުންގެ ބަހެއް ރައްޔިތުންނާ ގުޅޭ ކަންކަމުގައި އޮންނަން ޖެހޭކަމަށް. ލާމަރުކަޒީ ގާނޫނަށް ގެނެވުނު ބަދަލުތަކާއެކު ވަރަށް ބޮޑެތި ގެއްލުން ވަނީ ލިބިފައި. ބިންތައް ނުދެވޭނެ ކަމަށް އިއުލާނުކޮށް މިއަދާ ހަމައަށް ބިންތައް ނުދެވި އެބަހުރި ރަށްތައް. ޓުއަރިޒަމް ޒޯނަށް ބިންތައް ނުދެވި އެބަހުރި އިއުލާނުކޮށްފަ ބިޑް ހުށަހަޅާފަައިއަމީން ފައިސަލް
މެންބަރު އަމީން ވިދާޅުވީ، އީ-ޕެޓިޝަންގެ ގާނޫނަކީ މިވަގުތު މަޖިލީހުގެ
މެޖޯރިޓީ އޮތް ޕީއެންސީ މެންބަރުންނަށް ވަގުތު ދީގެން އެ ބޭފުޅުން ހަދައިފައިވާ
ގާނޫނެއް ކަމަށެވެ.
2026 އޮގަސްޓް 18 ގައި މަޖިލީހުން ވަނީ އެއް މައްސަލައަކާ ގުޅޭ ގޮތުން އެއް
ޕެޓިޝަނަށް ވުރެ ގިނަ ޕެޓިޝަން ހުށަހެޅޭނެ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކުރަން
ފާސްކޮށްފައި އެވެ.