Live 352,239 stories Updated Jul 12, 2026
Browse topics All stories

Latest stories

Live feed

އަސްކަރީ ޚިދުމަތަށް ނެރޭ ޔަހޫދީން ރިޒާވް ސިފައިން މަދުކުރަނީ

ޔަހޫދީންގެ ރިޒާވް ސިފައިންގެ ޢަދަދު ބޮޑުތަނުން މަދުކުރަން ފަށައިފިއެވެ. ރިޒާވް ސިފައިންގެ ޢަދަދު މަދުކުރަން ފަށާފައި މި ވަނީ ހަނގުރާމަތަކުގެ ސަބަބުން ޔަހޫދީންނަށް މާލީ ދަތިތައް ކުރިމަތިވަމުންދާ ކަމުގެ ޚަބަރުތައް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ. ޔަހޫދީންގެ ބައެއް ނޫސްތަކުގައި ބުނީ ސިފައިންގެ ޢަދަދު މ…

ޕާޓީއެއްގެ އިންތިޚާބު ކުރިއަށްދަނިކޮށް ބަޔަކު މާރާމާރީ ހިންގި މައްސަލަ ބަލަނީ

ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިޚާބެއް ކުރިއަށްދަނިކޮށް އެތަނަށް ބަޔަކު ވަދެ މާރާމާރީ ހިންގާފައިވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. ފުލުހުން ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިޚާބެއްގެ ވޯޓު ގުނުން ހުޅުމާލެ ފޭސް 2ގައި ހުންނަ ސްކޫލެއްގައި ކުރިއަށް ދަނިކޮށް، އެތަނަށް ބަޔަކު ވަދެ މާ…

ޕީއެންސީގެ ހުޅުމާލޭ އުތުރު ދާއިރާގެ ވޯޓުލާ މަރުކަޒެއްގައި މާރާމާރީ ހިންގައިފި

މިއަދު ބޭއްވި ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ނިންމައި، ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށް ގެންދަނިކޮށް ހުޅުމާލޭގެ ވޯޓު ފޮއްޓެއްގެ ކައިރީގައި މާރާމާރީ ހިންގައިފި އެވެ.

މެދުއިރުމަތީ ހަމަނުޖެހުމުގެ ސަބަބުން ހަކަތައިގެ ބާޒާރަށް ނުރައްކާ ބޮޑު

އެމެރިކާއާއި އީރާނާ ދެމެދު އަލުން ޙަމަލާ ބަދަލުކުރަން ފެށުމާއެކު ދުނިޔެއަށް ކުރިމަތިވެފައިވާ ހަކަތައިގެ ދަތިކަން ދިގުދެމިގެން ގޮސްދާނެ ކަމުގެ އިންޒާރު ބައިނަލްއަޤްވާމީ ހަކަތައާބެހޭ އިދާރާ، އައިއީއޭ ދީފިއެވެ. މިދިޔަ މަހުގެ ތެރޭގައި އެމެރިކާއާއި އީރާނާ ދެމެދު ހަނގުރާމައަށް ދާއިމީ ނިމުމެއް ގެނައުމާ ގ…

ޕާޓީތަކުން ހިންގިޔަސް އަޚުލާގީ ގޮތުން ދަށުދަރަޖައިގެ ކަންކަމަށް އެއްބާރުލުމެއް ނުލިބޭނެ: ޝަކީލް

ސިޔާސީ ޕާޓީތަކުން ހިންގިޔަސް އަޚުލާގީ ގޮތުން ދަށުދަރަޖައިގެ ކަންކަމާއި ކުށްތަކަށް އަރައިގަތުން ކަހަލަ ކަންކަމަށް އިލެކްޝަންސް ކޮމިޝަނުގެ އެއްބާރުލުން ނުލިބޭނެ ކަމަށް އެ ކޮމިޝަނަށް ރައީސް މުއިއްޒު އައްޔަނު ކުރެއްވި އައު ރައީސް މުހައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.

އީސީގައި ޝަކީލް ހުންނެވުމެކޭ ރައީސް މުއިއްޒު ހުންނެވުމެކޭ ތަފާތެއް ނެތް: އައިކް

އިލެކްޝަންސް ކޮމިޝަން (އީސީ) ގައި މުހައްމަދު ޝަކީލް ހުންނެވުމެކޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވުމެކޭ އެއްވެސް ތަފާތެއް ނެތް ކަމަށް އެމްޑީޕީގެ ވަކީލުންގެ ކޮމިޓީގެ މެންބަރު އައިކް އަހުމަދު އީސާ ވިދާޅުވެއްޖެ އެވެ.

ދަރިވަރުންގެ އަޚުލާޤު ރަނގަޅުކުރަން މުޖުތަމަޢުގެ އެއްބާރުލުން ބޭނުންވޭ: ވަޒީރު ޑރ.ޝަފީޢު

ދަރިވަރުންގެ އަޚުލާޤު ރަނގަޅު ކުރުމަށް މުޖުތަމަޢުގެ އެއްބާރުލުން ބޭނުންވާ ކަމަށާއި، އަޚުލާޤީ ގޮތުން ފުރިހަމަ ދަރިވަރުންތަކެއް ބިނާކުރުމަށް ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުން ގެންގުޅޭ ކާމިޔާބު އުސޫލުތަކަށް އަމަލުކުރުން މުހިންމު ކަމަށް ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު…

ބަންގްލަދޭޝް އާއި ރާއްޖެ އިން ކުށްވެރިން ބަދަލުކުރުމަށް އެއްބަސްވަނީ

ބަންގްލަދޭޝް އާއި ދިވެހިރާއްޖެއާ ދެމެދު ކުށްވެރިން ބަދަލުކުރުމާ ގުޅޭގޮތުން ވެވޭ އެއްބަސްވުން މިހާރު އޮތީ އެންމެ ފަހުގެ މަރުހަލާގައި ކަމަށް ބަންގްލަދޭޝް ހައިކޮމިޝަނުން ހާމަ ކޮށްފި އެވެ.

ޕާކިސްތާނާއި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރުން މަޝްވަރާ ކުރައްވައިފި

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު ސެނެޓަރ މުޙައްމަދު އިސްޙާޤް ދާރު، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. އިރުތިޝާމް އާދަމްއާ ހޮނިހިރު ދުވަހު ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފި އެވެ. މި ފޯނު ކޯލުގައި ދެ ބޭފުޅުން ވަނީ ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ މައިދާނުގައި ހިނގަމުންދާ މުހިންމ…

Loading fresh headlines…