Live 359,258 stories Updated Aug 26, 2026
Browse topics All stories

Latest stories

Live feed

ޕާކިސްތާނާއި ޤަޠަރުން އީރާނާއެކު މުހިންމު މަޝްވަރާތަކެއް

މެދުއިރުމަތީގައި އުފެދިފައިވާ ނުތަނަވަސްކަން ޙައްލުކުރުމުގެ ގޮތުން، އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ، ޕާކިސްތާނުގެ އަސްކަރިއްޔާގެ ވެރިޔާ ފީލްޑް މާޝަލް ޢާޞިމް މުނީރާއި ޤަޠަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު މުޙައްމަދު ބިން ޢަބްދުއްރަޙްމާން އަލްޘާނީއާ ފޯނުން ގުޅުއްވައި މުހިންމު މަޝްވަރާތަކެއް …

ބުއާދީ ސިޓީއަށް ސޮއިކޮށްފި

ފްރެންޗް ލީގު އާންގެ ލީލްއަށް ކުޅެމުންދިޔަ އުމުރުން 18 އަހަރުގެ އައްޔޫބު ބުއާދީ އިންގްލިޝް ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ސިޓީއަށް ސޮއިކޮށްފިއެވެ. މޮރޮކޯގެ ބައިނަލްއަޤްވާމީ މިކުޅުންތެރިިޔާ ސިޓީއަށް ސޮއިކޮށްފައިވަނީ 85.6 މިލިއަން ޕައުންޑްގެ އެއްބަސްވުމެއްގެ ދަށުންނެވެ. މިގޮތުން މިއެއްބަސްވުމުގެ ދަށުން…

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއާ ފަށައިފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއާ، ޓްރެވަލް ޓްރޭޑް މޯލްޑިވްސް ޓީޓީއެމްގެ 10 ވަނަ އެޑިޝަން ފަށައިފިއެވެ. މި ފެއާ ކުރިއަށްދާނީ، މާދަމާގެ ނިޔަލަށެވެ. ދެ ދުވަހުގެ މުއްދަތަށް މާލޭގެ ބާސެލޯ ނަސަންދުރާގައި ކުރިއަށްގެންދާ މި ފެއާގައި 130 އަށްވުރެ ގިނަ ރިސޯޓާއި، ރާއްޖެއަށް އެންމެ ގިނައިން…

ބޯހިޔާވަހިކަމުގެ ފޯމުގައި ފުށުއެރުމެއްވާނަމަ ޖަވާބުދާރީވުމަށް 21 ދުވަސް

ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ ވެރިފިކޭޝަންގެ ތެރެއިން ފޮނުވާ ނޯޓިސްއަށް ޖަވާބުދާރީވުމަށްދޭ މުއްދަތު އިތުރުކޮށްފިއެވެ. ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ މަޝްރޫޢަށް 58،585 ފޯމު ހުށަހަޅާފައިވެއެވެ. މިހާރު ކުރިއަށްގެންދަނީ ފޯމުތައް ވެރިފައި ކުރުމުގެ …

މާލެ ސިޓީ ކައުންސިލަށް ލިބޭ އުޅަނދުފަހަރުގެ ފީ ސަރުކާރުގެ ބަޖެޓަށް ލިބޭ ގޮތަށް އެއްގަމު ދަތުުރުފަތުރުގެ ބިލު މަޖިލީހުން ފާސްކޮށްފި

މާލެ ސިޓީ ކައުންސިލަށް ލިބޭ އުޅަނދުފަހަރުގެ ފީ ސަރުކާރުގެ ބަޖެޓަށް ލިބޭ ގޮތަށް އެއްގަމު ދަތުުރުފަތުރުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ޤައުމީ ޤުރުއާން މުބާރާތުގެ ސެމީ ފައިނަލާއި ފައިނަލް އަންނަމަހު

ކީރިތި ޤުރުއާން ހިތުދަސް ކުރުމަށާއި، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ޤުރުއާން ކިޔެވުމުގެ ރޫޙު އާލާކުރުމުގެ މަޤުޞަދުގައި ބާއްވާ ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ ސެމީފައިނަލާއި ފައިނަލް ބުރުގެ ކިޔެވުން އަންނަމަހު ކުރިއަށްދާނެ ކަމަށް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވެއްޖ…

މާވަށުގައި މީހަކު މަރާލި ގޮތް ގާތިލް ލައްވައި ކޯޓުގައި ކުޅުވައިފި، ގާތިލަށް މަރުގެ އަދަބު

ލ. މާވަށުގައި މިދިޔަ އަހަރު ހިންގި ހަމަނުޖެހުމެއްގެ ތެރެއިން މީހަކު މަރާލި މައްސަލާގައި، ގާތިލް ލައްވައި އެ މަންޒަރުތައް ކޯޓުގައި ކުޅުވުމަށް ފަހު، އޭނާ މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

Loading fresh headlines…