Live 359,109 stories Updated Sep 15, 2026
Browse topics All stories

Latest stories

Live feed

ޑެނިއެލް މަލްޑިނީ ކާރު އެކްސިޑެންޓެއްވެ، ލައިސަންސް ހިފަހައްޓައިފި

އިޓަލީ ގައުމީ ޓީމަށްވެސް ކުޅޭ, ކަގްލިއާރީގެ އެޓޭކިންގ މިޑްފީލްޑަރ ޑެނިއެލް މަލްޑިނީ ކާރު އެކްސިޑެންޓެއްވެ, އޭނާގެ ލައިސަންސް ފުލުހުން ހިފަހައްޓައިފިއެވެ. 24 އަހަރުގެ މިޑްފީލްޑަރު ކާރު އެކްސިޑެންޓްވީ އިތުރު ބަޔަކާވެސް އެކު ދަތުރުކުރަމުން ދަނިކޮށް އާދިއްތަ ދުވަހުގެ ރެއެވެ. އެކްސިޑެންޓާ ގުޅިގެން ހެދި …

އިހުތިރާމު ކެމްޕޭނަކީ ރައީސް ހައްދަވާ ގޯސްތަކަށް ހަނު ތިބޭން ދަސްކޮށްދިނުމަށް ހިންގާ ޕްރޮގްރާމެއް: ޒިޔާދު

ސަރުކާރުން އިހުތިރާމު އަދާކުރުމުގެ ޤައުމީ ކެމްޕޭނުގެ ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމަކީ ރައީސް ކުރައްވާ ހުރިހާ ގޯސްކަންކަމަކަށް ރައްޔިތުން ހަނު ތިބުމަށް ދަސްކޮށްދޭން ހިންގާ ޕްރޮގްރާމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

އައިއޭއީއޭ ސަމިޓުގައި އީރާނުން ބައިވެރިވުމަށް ހުރަސްއަޅައިފި

އޮސްޓްރިއާއިން އެމެރިކާގެ ސިޔާސީ ނުފޫޒަށް ތަބާވެފައިވާ ކަމަށް އީރާނުން ތުހުމަތުކުރަމުން ދަނިކޮށް، އައިއޭއީއޭގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު އީރާނުގެ ނިއުކްލިއަރ އިދާރާގެ ވެރިޔާއަށް ގެއްލިއްޖެއެވެ. އޮސްޓްރިއާގެ ވިއެނާގައި ފެށުނު ބައިނަލްއަޤްވާމީ އެޓޮމިކް އެނަރޖީ އެޖެންސީ…

ލިވަޕޫލްގެ މިޑްފީލްޑަރުން އަތުވީ 10 އިން ހަތަރު ބޯޅަ

ލިވަޕޫލް މި ސީޒަނުގައި ދައްކަމުންދާ ކުޅުމަށް ބަލައި އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވެފައިވަނީ ޓީމުގެ މިޑްފީލްޑަރުންނަށެވެ. މި ގޮތުން އެ ޓީމު އެންމެ ފަހުން ފުލަމްއާއ ދެކޮޅަށް ކުޅޭ ލަނޑެއް ނުޖެހި އެއްވަރުވި މެޗުގައި ދުވެގެން އިދިކޮޅު ޓީމު އަތުން އަތުލަން ޖެހުނު 10 ބޯޅައިގެ ތެރެއިން މިޑްފީލްޑަރު ޑޮމި…

ސަޢޫދީ ސުޕަކަޕް ކުވޭތަށް

ސައޫދީ އަރަބިއާގެ ގަދަ ޓީމުގެ މެދުގައި ކުޅޭ ސައޫދީ ސުޕަކަޕް މި އަހަރު ކުވޭތުގައި ކުޅެން ހަމަޖައްސައިފި އެވެ. މިކަމާ ބެހޭ ގޮތުން ސައޫދީ އަރަބިއާގެ ފުޓްބޯޅަ ފެޑަރޭޝަނުން ހޯމަ ދުވަހު ބުނީ ހަތަރު ޓީމު ވާދަ ކުރާ ތިން މެޗުގެ ކުރު މި މުބާރާތް ކުޅޭނީ ކުވޭތުގެ ޖަބްރް އަލް އަހްމަދު އިންޓަނޭޝަނަލް ސްޓޭޑިއަމުގ…

ބޯނަސް މަދުކޮށް، 11 ޕޮއިންޓް އުނިކޮށް ޕާކިސްތާނު ރޭންކިންގެ ފުލަށް

މެޗު ބޯނަސް މަދުކޮށް، 11 ޕޮއިންޓް އުނިކޮށް އައިސީސީ ޓެސްޓް ކްރިކެޓް ރޭންކިންގެ ފުލަށް ޕާކިސްތާން ވަށްޓާލައިފި އެވެ. އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން މި ގޮތަށް ނިންމީ އިނގިރޭސިވިލާތާ ދެކޮޅަށް ޕާކިސްތާން ކުޅުނު ޓެސްޓް ސިލްސިލާގައި އެ ގައުމުގެ އަމަލުތައް ބެލުމަށްފަހު އެވެ. އައިސިސ…

ކުޅުންތެރިންނަށްވުރެ އެނދު ކުޑަ، ޖަޕާނުގެ އިންތިޒާމުތައް ވަރަށް ގޯސް: ކޮރެޔާ

ކުޅުންތެރިންނަށްވުރެ އެނދުތައް ކުޑަ ކަމަށާއި އޭޝިއަން ގޭމްސް ޖަޕާނުގެ އިންތިޒާމްތައް ވަރަށް ގޯސް ކަމަށް ދެކުނު ކޮރެޔާއިން ބުނެފި އެވެ. އަންނަ ހޮނިހިރު ދުވަހު ފަށާ ގޭމްސްގައި ޖަޕާނުން ނިންމާފައިވަނީ ކުޅުންތެރިންގެ އެކޮމޮޑޭޝަން ހަމަޖައްސާނީ ކޮންޓޭނަރު ގޮތަށް ހަދާފައިވާ ކޮޓަރިތަކާއި ކްރޫޒް ޝިޕްތަކުގަ…

ސަލްމާންގެ ބޮޑީގާޑުގެ ދަރިފުޅު ބޮލީވުޑަށް ނުކުންނަނީ

ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ޚާންގެ އެންމެ އިތުބާރުކުރެވޭ އަދި ގިނަ ދުވަސްވީ ބޮޑީގާޑު ގުރުމީތު ސިންގު (ޝޭރާ)ގެ ދަރިފުޅު އަބީރު ސިންގު ބޮލީވުޑަށް ތައާރަފުވާން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

"ބްރިޖަޓަން"ގެ ތަރި ފީބީ ޑައިނެވޯ ކައިވެނިކޮށްފި

ނެޓްފްލިކްސްގެ މަޝްހޫރު ސީރީޒް "ބްރިޖަޓަން" އިން ބޮޑު މަގުބޫލު ކަމެއް ހޯދި އިނގިރޭސި އެކްޓްރެސް ފީބީ ޑައިނެވޯ، އޭނާގެ ލޯބިވެރިޔާ އަދި ހޮލީވުޑްގެ ފިލްމު ޕްރޮޑިއުސަރު ކޭމްރޮން ފުލާއާ ކައިވެނިކޮށްފި އެވެ.

މުސްލިމުންގެ ހައްގުތައް ގެއްލޭ ސިވިލް ކޯޑް އިންޑިއާގައި އާންމުކުރަން އަމާޒު ހިފައިފި

އިންޑިއާގެ ވެރިކަންކުރާ ހިންދޫ ވަތަނީ ޕާޓީން ހިންގާ ސްޓޭޓްތަކުގައި، ހިޔާލުތަފާތުވުން ބޮޑު "ޔުނިފޯމް ސިވިލް ކޯޑު" (ޔޫސީސީ) އިތުރަށް ތަންފީޒުކުރުމަށް އެ ގައުމުގެ އިންޓީރިއާ މިނިސްޓަރު ވައުދުވެވަޑައިގެންފި އެވެ. މިއީ މުސްލިމް އާބާދީގެ ކަންބޮޑުވުން ވަރަށް ބޮޑަށް އޮތް މައްސަލައެކެވެ.

Loading fresh headlines…