ސަރުކާރުން
އިހުތިރާމު އަދާކުރުމުގެ ޤައުމީ ކެމްޕޭނުގެ ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމަކީ ރައީސް ކުރައްވާ
ހުރިހާ ގޯސްކަންކަމަކަށް ރައްޔިތުން ހަނު ތިބުމަށް ދަސްކޮށްދޭން ހިންގާ ޕްރޮގްރާމެއް
ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ
ޓީވީޓޯކް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެންބަރު ޒިޔާދު ވިދާޅުވީ އިހުތިރާމު ކެމްޕޭނުގެ
ބޭނުމަކީ ސަރުކާރުން ވައުދު ނުފުއްދިނަމަވެސް އެ ވާހަކަ ދައްކާނެ ރައްޔިތަކު ނުވާ ހާލަތަށް
ޤައުމުގެ ކަންކަން ގެންދިއުމަށް ކަމަށެވެ.

މި ކެމްޕޭނާ
ގުޅިގެން ވައިކަރަދޫ ދާއިރާގެ މެންބަރު ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
އޭނާ ވިދާޅުވީ ދެން އަންނާނީ އިހުތިރާމް އަދާކުރުން މަޖުބޫރުވާ ޤާނޫނެއްކަމަށް ވަރަށް
ބެލެވޭ ކަމަށެވެ.

މެންބަރު
ޒިޔާދުގެ ވާހަކައިގައި އިހުތިރާމު ކެމްޕޭނަކީ ރައްޔިތުންގެ އަސާސީ ހައްޤުތަކަށް ހުރަސްއެޅުމަށް
ކުރިއަށް ގެންދާ މަސައްކަތެއް ކަމަށް ވެސް ވިދާޅުވި އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި
މި ކެމްޕޭނުގެ ސަބަބުން ރައްޔިތުންނަށް ސަރުކާރަށް ފާޑުކިޔުމުގެ ފުރުސަތު ވެސް ކުޑަވެގެންދާނެ
އެވެ.

އިހުތިރާމު
އަދާކުރުމުގެ ޤައުމީ ކެމްޕޭނަކީ ސަރުކާރުން ފަށާފައިވާ ޤައުމީ ފެންވަރުގެ ޕްރޮގްރާމެކެވެ.
މި ކެމްޕޭނުގެ މައިގަނޑު މަޤުސަދަކީ ރާއްޖޭގެ މުޖުތަމައުގައި އިހުތިރާމު އަދާކުރުމުގެ
ސަޤާފަތް ބަދަހިކުރުން ކަމަށް ސަރުކާރުން ބުނެ އެވެ.

ނަމަވެސް
މެންބަރު ޒިޔާދު ވިދާޅުވި ގޮތުގައި މި ކެމްޕޭނުގެ ހަޤީޤީ ބޭނުމަކީ އެއީއެއް ނޫނެވެ.