Live 359,066 stories Updated Sep 19, 2026
Browse topics All stories

Latest stories

Live feed

ޤައުމު އިސްކުރާ އެއްވެސް މީހަކު ޕީއެންސީގެ ފަލްސަފާއާ ދެކޮޅެއް ނުވާނެ: ރައީސް މުއިއްޒު

ޤައުމީ މަސްލަހަތު އެންމެ އިސްކުރާ ކޮންމެ މީހަކަށްވެސް، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަލްސަފާއާ ދެބަސްވާނެ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ ވެރިކަމެއް ކޮށްދެވޭނީ، ރައްޔިތުންނާ އެއް ހަމައެއްގައި ތިބެގެން: އަބްދުއްރަހީމް

ރައްޔިތުންގެ ވެރިކަމެއް ކޮށްދެވޭނީ، ވެރިން ރައްޔިތުންނާ އެއް ހަމައެއްގައި ތިބެގެން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އިންޓަރނެޓް ގަވަރނަންސް ފޯރަމް ފަށައިފި

މޯލްޑިވްސް އިންޓަރނެޓް ގަވަރނަންސް ފޯރަމް 2026 ރަސްމީކޮށް ފަށައިފިއެވެ. މި ފޯރަމަކީ ވިމެން އިން ޓެކް މޯލްޑިވްސް އަދި ވިލާ ކޮލެޖް ގުޅިގެން ކުރިއަށްގެންދާ ފޯރަމެކެވެ. މިއީ އިންޓަނެޓް ސޮސައިޓީ ފައުންޑޭޝަނާއި ގްލޯބަލް އިންޓަނެޓް ގަވަރނަންސް ފޯރަމް އައިޖީއެފްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ހަރަކާތެކ…

ޖަލުތަކުގައި ޖާގަ އިތުރުކުރަމަށް ދަނީ މަސައްކަތް ކުރަމުން، ވަރަށް އަވަހަށް 300 އަށް ވުރެއް ގިނަ ޖާގަ އިތުރު ނުކުރެވިއްޖެނަމަ މައްސަލަތަކާ ކުރިމަތިވާނެ: ސީޕީ

ޖަލުތަކުގައި ޖާގަ އިތުރުކުރަމަށް މަސައްކަތް ކުރާ ކަމަށާއި، ކައިރި މުސްތަގުބަލެއްގައި 300 އަށް ވުރެއް ގިނަ ޖާގަ އިތުރު ނުކުރެއްވިއްޖެނަމަ މައްސަލަތަކާ ކުރިމަތިވާނެ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

ވަޠަނީ ޚިދުމަތުގެ 3ވަނަ ބެޗު، 341 ދަރިވަރުން ދަސްވެނިވެއްޖެ

ދިވެހި ވަޠަނީ ޚިދުމަތް ނުވަތަ ނޭޝަނަލް ސަރވިސްގެ ތިންވަނަ ބެޗުގެ އަސާސީ ތަމްރީނުތައް ނިންމައި 341 ދަރިވަރުން ދަސްވެނިވެއްޖެއެވެ. ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާއި ބެހޭ ވަ…

މާޒިޔާ އަތުންވި މޮޅަކީ ނިއުއަށް އިތުރު ހިތްވަރެއް: އަންދްރޭ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުންވި މޮޅާއެކު، ލީގުގައި ކުރިއަށްދާން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް އިތުރު ހިތްވަރެއް ލިބިއްޖެ ކަމަށް އެ ޓީމުގެ ކޯޗު ސްޕެއިނުގެ ފްރަންސިސްކޯ މެނުއަލް ކައިންޒޯސް (އަންދްރޭ) ބުނެފިއެވެ. ގައުމީ ފުޓުބޯޅަ ދަނޑުގައި މިދިޔަ ބުރާސްފ…

ޤައުމީ ކްރިކެޓް ސްކޮޑް އެކުލަވާލައިފި

ސީނިއާ ޤައުމީ ކްރިކެޓް ސްކޮޑް އެކުލަވާލައި ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްފިއެވެ. ހ. ބޯޅަގޭގައި މިރަސްމިއްޔާތު ބާއްވާފައިވާއިރު ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްދެއްވީ ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކަމިޝަނަރ މުޙައްމަދު ރިޒްވީ ހަސަންއެވެ. މުބާރާތަށް އެކުލަވާލި އައު ސްކޮ…

ގްރީންލޭންޑުގައި އެމެރިކާގެ އަސްކަރީ ބާރު ގަދަކުރަން އެއްބަސްވުމަކަށް

ގްރީންލޭންޑުގައި އެމެރިކާގެ އަސްކަރީ ބާރު ވަރުގަދަކުރުމަށާއި، ދެކޮޅު ފަރާތްތަކުން އެ ޖަޒީރާގައި އަސްކަރީ މަރުކަޒުތައް ބިނާކުރުން މަނާކުރުމަށް އެމެރިކާއާއި ޑެންމާކު އަދި ގްރީންލެންޑުން އެއްބަސްވުމަކަށް އަތުވެއްޖެއެވެ. މި ކަން ހާމަކުރައްވައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، މިއީ ވަކި މުއް…

Loading fresh headlines…