ވިއްސާރާގައި އިންޑިއާ އާއި ނޭޕާލުން 68 މަރު
ލަކްނޯ (ސެޕްޓެމްބަރު 27) – އިންޑިއާގެ އުތުރުގެ ސަރަހައްދުތަކަށާއި ނޭޕާލަށް ކުރަމުންދާ ވިއްސާރާގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ގޮސް، ފާއިތުވި ތިން ދުވަސް ތެރޭގައި މަދުވެގެން 68 މީހުން މަރުވެއްޖެ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.