Live 359,059 stories Updated Sep 27, 2026
Browse topics All stories

Latest stories

Live feed

2028 ގެ ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް މީޓިންގ ރާއްޖޭގައި ބޭއްވުމަށް މަޖިލީހުން ޕާކިސްތާނުގެ އެހީ ހޯދަނީ

2028 ގެ ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް މީޓިންގް ދިވެހިރާއްޖޭގައި ބޭއްވުމަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޕާކިސްތާނުގެ ސިޔާސީ ތާއީދު ހޯއްދަވަމުންދާއިރު، އެކަމުގެ އެއް މަގުސަދަކީ މި ބައްދަލުވުން އިންޑިއާގައި ބޭއްވުން ހުއްޓުވުންކަމަށް މަސްދަރުތަކުން ބުނެފި އެވެ.

ބަންގްލަދޭޝްއިން ހަދިޔާކުރާ ގަސްތައް މުޑުވައްކުރަން މިއާންޒް ކޮލެޖަށް

ބަންގްލަދޭޝްއިން ދިވެހިރާއްޖެއަށް ހަދިޔާކުރާ ގަސްތައް މުޑުވައްކުރުމަށް މިއާންޒް ކޮލެޖާއި ދިވެހިރާއްޖޭގައި ހުންނަ ބަންގަލްދޭޝްގެ ހައިކޮމިޝަނާއި ދެމެދު އެއްބައްސްވުމެއްގައި ސޮއިކޮށްފިއެވެ. ބަންގްލަދޭޝްއިން ހަދިޔާކުރާ ގަސްތަކަކީ ސަރުކާރުގެ ފަސް މިލިޔަން ގަސް ޕްރޮގްރާމަށް ހަދިޔާ ކުރާ ގަސްތަކެކެވެ. ބަ…

ރަސްމާލެ މަޝްރޫއަކީ ދިވެހި ދައުލަތަށް ގެއްލުންވާ ގޮތަށް އޮތް "ބޮޑު އޮޅުވާލުމެއް": ފައްޔާޒު

ރަސްމާލެ ތަރައްގީކުރުމަށް އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ތަފްސީލުތައް ހާމަކުރުމަށް ގޮވާލައްވައި، އެ މަޝްރޫއަކީ ދިވެހި ދައުލަތަށް ގެއްލުންވާ ގޮތަށް އޮތް "ބޮޑު އޮޅުވާލުމެއް" ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ތަޖުރިބާކާރުންގެ އެހީގައި ނޯޓް ކަސްޓަމަރުންނަށް ތަމްރީނުތަކެއް!

ނިއު އެޑިޝަންގެ ނޯޓް ފިހާރައިން، ކަސްޓަމަރުންނަށް ޚާއްސަ ސްކިންކެއާ ފޯރުކޮށްނުމަށް ކޮރެއަން ސްކިން ކެއަރއަށް މުވައްޒަފުން ތަމްރީނުކޮށްފިއެވެ. ރާއްޖޭގައި ސްކިންކެއަރގެ ޚިދުމަތުގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ނޯޓުން ފާހަގަކުރާގޮތުގައި، ނޯޓުން އެންމެ އިސްކަމެއް ދެނީ، ކަސްޓަމަރުންނަށް އެންމެ ޒަމާނ…

އައްޑޫ ޕޮލިސް ކޮލެޖުގައި އިންޓަޕޯލްގެ ކޯހެއް ފަށައިފި

އައްޑޫގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯސްމެންޓުގެ ކެމްޕަހުގައި އިންޓަޕޯލްގެ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ. މިއީ އެ ކޮލެޖުގައި ހިންގާ ފުރަތަމަ ބައިނަލްއަޤްވާމީ ކޯސް ކަމަށް ފުލުހުން ވިދާޅުވެއެވެ. އައްޑޫ ޕޮލިސް ކޮލެޖުގައި ފަށާފައި ވަނީ އިންޓަރޕޯލްގެ ކެޕޭސިޓީ ބިލްޑިންގ އ…

ނައިބު ރައީސް ނިއުޔޯކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

އދ. ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހައި-ލެވެލް ހަފުތާގެ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. މި ސަމިޓުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ،…

ބޭރު ފައިސާއިން ސާވިސް ޗާޖު ދޭން ލާޒިމްވާ އިސްލާހު އަވަސްކުރަން އެދިއްޖެ

ރިސޯޓްތަކުން ސާވިސް ޗާޖްގެ ގޮތުގައި މުވައްޒަފުންނަށް ރުފިޔާއިން ފައިސާ ދިނުން ހުއްޓުވައި، ސާވިސް ޗާޖް ނެގި ކަރަންސީއަކުން ދޭން މަޖުބޫރުވާ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު އަވަސްކުރަން އެދިއްޖެ އެވެ.

އުރުބާނީގެ ތައުރީފު ކީޕަރު ހުސެއިނަށް

ރާއްޖެއާއި ޗައިނާ ބައްދަލުކުރި ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗުގައި ޤައުމީ ޓީމުގެ ކީޕަރު ޙުސެއިން ޝަރީފް ދެއްކި މޮޅު ކުޅުމަށް، ޤައުމީ ކޯޗު އިސްޓަވާން އުރުބާނީ ތައުރީފުކޮށްފިއެވެ. މި މަހުގެ 24ވަނަ ދުވަހު ޗައިނާގައި އެ ޤައުމާ ދެކޮޅަށް ކުޅެ ރާއްޖެ ބަލިވީ 0-3ގެ ނަތީޖާއަކުންނެވެ. މުޅި މެޗުގެ 67 އިން…

އަށް ދާއިރާއަކުން އައު އިޝާރާތްތައް އުފައްދަން ބައްދަލުވުމެއް

އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހަކަމާއެކު މަޢުލޫމާތާއި ޚިދުމަތްތައް ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން، 8 ދާއިރާއަކުން އައު އިޝާރާތްތައް އުފެއްދުމަށް ބާއްވާ "މޯލްޑިވްސް ސައިން ލެންގުއޭޖް ވޮކިބިއުލަރީ ޑިވެލޮޕްމަންޓް ވޯކްޝަޕް" ފަށައިފިއެވެ. މި މަސައްކަތު ބައްދަލުވުމަކީ "…

Loading fresh headlines…