ދެވަނަ ފަހަރަށް ވޯޓު ހޯދަން ރައްޔިތުންގެ ގާތަށް ދާނީ ޖަލުތަކުގެ މައްސަލަތައް ހައްލުކޮށްފައި ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު، އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މި ރޭ ބޭއްވި "އަހާ" ފޯރަމްގައި، މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ޖަލުގެ މައްސަލަތައް ހައްލު ކުރުމަށްޓަކައި މިހާތަނަށް 400 އަށް ވުރެން ގިނަ ޖާގަ ޖަލަށް އިތުރު ކުރެވި، މި މަހުގެ ނިޔަލަށް ބާކީ 100 އެއްހާ ޖާގަ އިތުރުކުރެވުމުން ގްރައުންޑް ޒީީރޯއާއި ހަމައަށް ވާސިލް މިވެވުނީ އަދި ކިރިޔާ ކަމަށެވެ.

" މީގެ ބޭނުމަކީ އެއްވެސް ހާލެއްގަ ގިނަ ރައްޔިތުންތަކެއް ރައްޔިތުންތަކެއް ގައިދު ކުރުމެއް ނޫން. އެހެން ނަމަވެސް މި ވަގުތު ރާއްޖޭގަ އޮތް ކްރައިމް އިންވަޔަރަމެންޓް މެނޭޖް ކުރުމައްޓަކައި ޖަލައް ލައިގެން އެތަނުން ރިހަބިލިޓޭޓް ކޮށްގެން މުޖުތަމައަށް ނެރެން ޖެހޭ މީހުން ތިބެން ޖެހޭތީ ޖަލުގަ އެ ކެޕޭސިޓި ހުންނަން ޖެހެނީ "

ވަޒީރު، އަލީ އިހުސާން

ވަޒީރު ވިދާޅުވީ، އަދުގެ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތްތަށް ކުރިއަށް ދެމިގެންގޮސްފި ނަމަ ކުރިއަށް އޮތްތަނުގައި ޖަލު ގައިދީންގެ އަދަދު ދުވަހެއް ދުވަހަކަށް ދާނީ މަދުވަމުން ކަމަށާއި، ކުށުގެ މާހައުލުގައި ތިބޭ މީހުން ވެސް ދާނީ ދުވަހެއް ދުވަހަކަށް މަދުވަމުން ކަމަށެވެ.

ޖަލަކީ އެހާބައިވަރު މީހުން ލާން އޮންނަ ތަނެއް ނޫންކަން ފާހަގަ ކުރައްވައި ވަޒީރު ވިދާޅުވީ، އެހެން ނަމަވެސް މި ވަގުތު ހާލަތު ހުރިގޮތުން ހާލަތު މެނޭޖް ކުރުމަށްޓަކައި ޖަލުގެ ޖާގަ ހުންނަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން މި ސަރުކާރު ވެރިކަމަށް އައި އިރު ޖަލުގެ ގިނަ ގޮޅިތަކުގައި ކަރަންޓު ނެތްކަމަށާއި، ވައިދައުރުވާނެ ތަންކޮޅެއް ވެސް ނެތްހާ ހާލުދެރަ ކަން ފާހަގަ ކުރައްވައި ވަޒީރު ވިދާޅުވީ، މިހާރު 100 އިންސައްތަ ގޮޅިތަކުގައި ހުންނާނީ ކަރަންޓު ދެވިފަ ކަމަށާއި، ވައި ދައުރު ކުރެވޭ ގޮތައް ކަމަށެވެ. އަދި ބައެއް ގޮޅިތައް މިހާރު ހުންނާނީ އޭސީ ކޮށްފައި ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ވަނީ، ޖަލުތަކަކީ ދިވެހި ރައްޔިތުންނަށް އަމާން ދިވެހި ރައްޔިތުން ރިހަބިލިޓޭޓް ކުރެވިގެން އަނބުރާ މުޖުތަމައުއަށް ނެރެވޭފަދަ ބައިނަލްއަގުވާމީ މިންގަނޑުތަކުން ފާސްވާ އަދި ރައްޔިތުން ފަހުރުވެރިވާ ފަދަ އިންސްޓިޓިއުޝަނަލް ކަރެކްޝަނަލް ފެސިލިޓީއަކަށް މި ފަސް އަހަރު ތެރޭ ހަދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.