Live 359,056 stories Updated Oct 5, 2026
Browse topics All stories

Latest stories

Live feed

"ރިއަލްއެސްޓޭޓް ޤާނޫނަކީ ވަކި މަޝްރޫއަކަށް އެކުލަވާލާ ޤާނޫނެއް ނޫން"

ރާއްޖޭގެ އިގްތިޞާދު ކުރިއެރުވުމަށް އެކި ދާއިރާތައް ކުރިއަރުވަން ޖެހޭ ކަމަށާއި ރިއަލްއެސްޓޭޓުގެ ޤާނޫނެއް ތަޢާރަފުކުރުމަށް ސަރުކާރުން ނިންމެވީ ވަކި މަޝްރޫޢަކަށް ޚާއްސަކޮށްގެން ނޫން ކަމަށް ބަންޑާރަނައިބު އަލްއުސްތާޛް އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ. "އަހާ" ފޯރަމުގައި ރަސްމާލޭގައި އީގަލް ހިލްސްއިން ކ…

އަމީނީމަގު މަރާމާތުކުރުން: ސެގްމަންޓް 3 ގެ މަސައްކަތް ފަށައިފި

އަމީނީ މަގު މަރާމާތުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ސެގްމަންޓް 3 ގެ މަސައްކަތް އެމްޓީީސީސީން ފަށައިފިއެވެ. އަމީނީ މަގު މަރާމަތުކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ. އަމީނީ މަގުގައި ހަލާކުވެފައިވާ ސަރަޙައްދު މަރާމާތުކުރުމުގެ…

މާލޭ ސިޓީ ކައުންސިލަށް ވެހިކަލް ފީ ނުލިބޭ ގޮތް ހެދީ ޓްރެފިކް މައްސަލަ ހައްލުނުކުރާތީ: އޭޖީ

ވެހިކަލްތަކުގެ އަހަރީ ފީ މާލޭ ސިޓީ ކައުންސިލަށް ނުލިބޭ ގޮތަށް ހަދަން ޖެހުނީ އެކަށީގެންވާ ގޮތެއްގައި މާލޭގެ މަގުތައް ހެދުމަށާއި މަރާމާތައް އަދި ޓްރެފިކްގެ މައްސަލަ ހައްލުކުރުމަށް އެ ކައުންސިލުން އެ ފައިސާ ބޭނުން ނުކުރާތީ ކަމަށް އެޓާނީ ޖެނެރަލް އަހްމަދު އުޝާމް މިރޭ ވިދާޅުވެއްޖެ އެވެ.

އޭއެފްސީ ނޭޝަން ލީގާ އެކު ވޯލްޑް ކަޕާއި އޭޝިއަން ކަޕް ކޮލިފައިންއަށް ބޮޑު ބަދަލެއް ގެންނަނީ

އޭޝިއަން ފުޓްބޯޅަ ކޮންފެޑަރޭޝަން (އޭއެފްސީ) އިން އަލަށް ތައާރަފްކުރަން ނިންމާފައިވާ ނޭޝަންސް ލީގު މުބާރާތާ އެކު އޭޝިއާ ބައްރުގެ ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ކޮލިފައިންއަށް ބޮޑު ބަދަލެއް އަންނާނެކަން، ހާމަވި ޑްރާފްޓް ޕްލޭނަކުން ހާމަވެއްޖެ އެވެ.

މަރާމާތަށް އައިޖީއެމްއެޗާއި ދަރުމަވަންތަ ހިމެނޭ ސަަރަހައްދު ބަންދުކޮށްފި

ބޮޑުތަކުރުފާނު މަގު މަރާމާތުކުރުމަށް އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލު ހިމެނޭ ސަަރަޙައްދު ބަންދުކޮށްފިއެވެ. ބޮޑުތަކުރުފާނުމަގުގެ މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލު ހިމެނޭ ސަރަހައްދުގެ މަސައްކަތް މާދަމާ ފެށުމަށް ވަނީ ހަމަޖެހިފައެވެ. ފުލުހުންގ…

ޔަހޫދީންގެ ހަމަލާތަކެއްގައި އިންސާނީ އެހީދޭ ޖަމްޢިއްޔާއެއްގެ އިސްވެރިޔަކު ޝަހީދުކޮށްލައިފި

ޔަހޫދީ ދައުލަތުގެ ނިރުބަވެރި ފައުޖުތަކުން ފަލަސްޠީނުގެ ޣައްޒާގެ އެކި ސަރަޙައްދުތަކަށް ދެމުންގެންދާ ރަޙުމުކުޑަ ޙަމަލާތަކުގެ ތެރެއިން، އާދީއްތަ ދުވަހު ދައިރު އަލްބަލަޙްގެ ދެކުނުން ދަތުރުކުރި އުޅަނދަކަށް އަމާޒުކޮށް ދިން ޙަމަލާއެއްގައި، ފަލަސްޠީނުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ޙަރަކާތްތެރ…

"ވަސީލަތްތަކާއެކު ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށް ފުރިހަމައަށް ތައްޔާރު"

ވަސީލަތްތައް އިތުރުކޮށް، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަށް ކަށަވަރުކޮށް ބެލެހެއްޓުމަށް ދިވެހި އަސްކަރިއްޔާ އޮތީ ފުރިހަމައަށް ތައްޔާރަށްކަމަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު ޙަސަން ރަޝީދު ވިދާޅުވެއްޖެއެވެ. މިރޭ ބޭއްވި އަހާ ފޯރަމްގައި އާއްމު ފަރާޓަކުން ވަނީ ރާއްޖޭގެ ކަނޑ…

Loading fresh headlines…