މެލޭޝިއާގެ
ކުއާލަލަމްޕޫރު ކައިރީގައި އޮންނަ ސަންވޭ ސަރަހައްދުގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި
ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ އެވެ.

މި ހާދިސާގައި
ނިޔާވެފައިވަނީ އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ އަންހެނެކެވެ.

މި ހާދިސާއާ
ގުޅޭގޮތުން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) މީޑިއާތަކަށް
މައުލޫމާތު ދެއްވަމުން ވިދާޅުވީ، ނިޔާވި އަންހެން ކުއްޖާއަކީ މެލޭޝިއާގައި މަތީ ތައުލީމު
ހާސިލުކުރަމުން ދިޔަ ދަރިވަރެއް ކަމަށެވެ. މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ އޭނާ މޯލްއަކަށް ދިއުމަށްފަހު އެނބުރި ގެޔަށް ދިޔަ މަގުމަތީގައި ކަމަށް ރިޕޯޓުތައް ބުނެ
އެވެ.

މި އެކްސިޑެންޓް
ހިނގި ވަގުތު ކާރުގައި އިތުރު ދިވެއްސަކު ވެސް އިނެވެ. އެ މީހާއަށް ވެސް އެކިވަރުގެ
އަނިޔާ ލިބިފައިވާ ކަމަށް މައުލޫމާތު ލިބިފައިވީ ނަމަވެސް، އޭނާއާ ގުޅޭ އިތުރު ތަފްސީލެއް
އަދި މިހާތަނަށް ރަސްމީ އިދާރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.

މެލޭޝިއާއަކީ
ގިނަ އަދަދެއްގެ ދިވެހި ދަރިވަރުންނާއި އާއިލާތައް ދިރިއުޅެމުންދާ ގައުމަކަށް ވާއިރު،
މި ހާދިސާގެ ސަބަބުން އެ ގައުމުގައި ދިރިއުޅޭ ދިވެހި ކޮމިއުނިޓީއަށް ވަނީ ބޮޑު ސިހުމަކާއި
ހިތާމައެއް ލިބިފަ އެވެ.