Live 359,050 stories Updated Oct 5, 2026
Browse topics All stories

Latest stories

Live feed

ޔަހޫދީންގެ ވާހަކަ ދައްކަން އެމްޑީޕީން ލަދު ގަންނަންޖެހޭނެ: މަމްދޫހު

ރަސްމާލޭގެ މަޝްރޫއުއަކީ ޔަހޫދީން ގެންނަން ސަރުކާރުން ހިންގާ މަޝްރޫއެއް ކަމަށް ވިދާޅުވެ، ޔަހޫދީންގެ ވާހަކަ ދައްކަން އެމްޑީޕީގެ މެންބަރުން ލަދު ގަންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.

ވިއެޓްނާމަށް ޑްރަގް އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް

ވިއެޓްނާމަށް 1.5 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ދިވެއްސަކު 20 އަހަރަށް ޖަލަށް ލުމަށް އެ ގައުމުގެ ކަންހޯއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކޮށްފި އެވެ.

ޤައުމީ ޔުނިވަރސިޓީން 13 ދަރިވަރަކަށް ސްކޮލަރޝިޕް ޙަވާލުކޮށްފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އެމްއެންޔޫގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ރަނގަޅު ނަތީޖާ ހޯދާފައިވާ 13 ދަރިވަރަކަށް ސްކޮލަރޝިޕް ޙަވާލުކޮށްފިއެވެ. މަތީ ތަޢުލީމު ޙާޞިލުކުރުމުގައި ދަރިވަރުންނަށް ދިމާވާ މާލީ ގޮންޖެހުންތަކަށް ލުޔެއް ހޯދައިދިނުމުގެ މަޤްޞަދުގައ…

ޓީޗަރުކަމަކީ މަތިވެރި މަސައްކަތެއްކަން ބަލައިގަނެ، ހައްގު ޝަރަފު ދިނުމަށް މިނިސްޓަރު އެދިވަޑައިގެންފި

ޓީޗަރުންގެ މަސައްކަތްތަކަކީ ވަރަށް މާތް މަތިވެރި މަސައްކަތެއް ކަމަށާއި އެ މަސައްކަތް ބަލައިގަނެ، އެ މީހުންނަށް ހައްގު ޝަރަފު ދިނުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ބެލެނިވެރިންގެ ކިބައިން މިއަދު އެދިވަޑައިގެންފި އެވެ.

ޔަހޫދީންނަށް އެހީވާން އެމެރިކާގެ އިތުރު ސިފައިންނާއި އަސްކަރީ މަތިންދާބޯޓުތައް ފޮނުވަނީ

މެދުއިރުމަތީގެ މަސްރަޙުގައި އަސްކަރީ ނުތަނަވަސްކަން އިތުރަށް ހޫނުވެދާނެ ކަމަށް ބަލައި، ކުރިއަށް އޮތް ހަފުތާތަކުގައި އެމެރިކާއިން ޔަހޫދީ ދައުލަތަށް އެހީވުމަށް އިތުރު ސިފައިންނާއި ހަނގުރާމަމަތީ މަތިންދާބޯޓުތައް ފޮނުވުމަށް ތައްޔާރުވަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. ޔަހޫދީންގެ ނޫހަކުން ދިފާ…

Loading fresh headlines…