ޓީޗަރުންގެ އިޚްލާޞްތެރިކަމަށް ޝުކުރުވެރިވެ އެއްބާރުލުން ދޭންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ، އަޅުގަނޑުމެންގެ ދަރިންނާއި ޤައުމުގެ މުސްތަޤްބަލް ބައްޓަންކޮށް، މަގުދައްކައި، ހިތްވަރުދީ، ބައްޓަން ކުރައްވާ މުދައްރިސުންގެ އަގު ވަޒަންކުރަންޖެހޭ ކަމަށެވެ.
ޓީޗިން ޕްރޮފެޝަން ކުރިއަރަމުން ދާއިރު، ޓީޗަރުންގެ ދައުރު އަދާކުރުމަށް ޓީޗަރުންގެ އަގު ވަޒަންކޮށް، އެހީތެރިވެދީ، ބާރުވެރިކުރުވުމަށް މަސައްކަތް ކުރަން ޖެހޭ ކަން ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މީގެއިތުރުން، ޓީޗަރުންނާއެކު ތިބުމުގެ މާނައަކީ ގައުމުގެ މުސްތަގުބަލަށް އިންވެސްޓް ކުރުން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.