Live 355,995 stories Updated Jan 1, 2026
Browse topics All stories

Latest stories

Live feed

މުދަލުގެ އަގު ކަނޑައެޅުމުގައި ކަސްޓަމްސްއިން ހަރުދަނާ އުސޫލުތަކެއް ޤާއިމްކުރަނީ

މުދަލުގެ އަގު ކަނޑައަޅެމުގެ ހަރުދަނާ އުސޫލުތަކެއް މާދަމާއިން ފެށިގެން ޤާއިމްކުރެވޭނެކަމަށް މޯލްޑިވްސް ކަސްޓަމްސްއިން ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ހަރުދަނާކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވާ ގޮންޖެހުނ…

ވިލާތުގެ މަސްލަހަތު ކުރިއެރުވުމަށް ޖަރުމަނުގެ ޗާންސެލަރު ގޮވާލައްވައިފި

ބައިނަލްއަޤްވާމީ ގޮންޖެހުންތައް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، 2026ވަަނަ އަހަރުގެ ތެރޭގައި ވިލާތުގެ މަސްލަހަތު ކުރިއަރުވައި ޞުލްޙަ ދެމެހެއްޓުމަށް ހަރުދަނާ މަސައްކަތްތައް ކުރުމަށް ޖަރުމަނުވިލާތުގެ ޗާންސެލަރު ފްރީޑްރިޗް މަރޒް ވިލާތުގެ ޤައުމުތަކަށް އިސްތިމާސްކުރައްވައިފިއެވެ. އައު އަހަރާ ގުޅިގެން …

ޔާމީން ގެ މަރުގެ މައްސަލަ: ހައިޝަމް އާއި ޒިހާން ގެ މައްސަލަ އަލުން ބެލުމަށް އަމުރު ކުރުމުން ބަންދުކޮށްފި

ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅުމުން، ހައިކޯޓުން އެ ހުކުމް ބާތިލުކުރުމަށްފަހު މިނިވަންކުރި އިސްމާއިލް ހައިޝަމް ރަޝީދު އާއި އަހުމަދު ޒިހާން ގެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓުން ކަނޑައެޅުމުން އެ ދެމީހުން ބަންދުކޮށްފި އެވެ.

ޑިއުޓީ މަޢާފުކޮށްގެން ގެންނަ އުޅަނދު ޤަވައިދާ ޚިލާފަށް ބޭނުންކުރާނަމަ ފިޔަވަޅު އަޅާނެ

އެކިއެކި މަޝްރޫޢުތަކަށް ޚާއްސަކޮށްގެން ޑިއުޓީ މަޢާފުކޮށް ގެންނަ އުޅަނދު ޤަވައިދާ ޚިލާފަށް ބޭނުން ކުރަމުންދާނަމަ އެކަމަށް ފިޔަވަޅު އަޅާ ޑިއުޓީ ނަގާނެކަމަށް ކަސްޓަމްސްއިން ވިދާޅުވެއްޖެއެވެ. ކަސްޓަމްސްއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ އެކިއެކި މަޝްރޫޢުތަކަށް ޚާއްސަކޮށްގެން ޑިއުޓީ މަޢާފުކޮށް، ދިވެ…

ރޭގަނޑު މަތިންދާބޯޓު ނުޖެއްސޭ އެއްވެސް އެއާޕޯޓެއް މިހާރު ނޯންނާނެ

ރާއްޖޭގެ ހުރިހާ އެއާޕޯޓަކަށް ރޭގަނޑު ފްލައިޓްތައް ޖެއްސޭނެ އިންތިޒާމު ހަމަޖެއްސެވުމުގެ މަސައްކަތް ސަރުކާރުން ކަމިޔާބުކަމާޢެކު ނިންމާލައިފިއެވެ. މި މަޝްރޫއުގެ ދަށުން އެންމެ ފަހުން ރޭގަނޑު ދަތުރުތަކަށް ތައްޔާރުކުރެވުނީ ށ. ފުނަދޫ އެއާޕޯޓެވެ. ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ދަތުރުފަތުރާ…

ތެލެސީމިއާ އެލަވަންސް ދޭނީ ތެލަސީމިއާ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް

ތެލެސީމިއާ އެލަވަންސް ދޭނީ މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ތެލަސީމިއާ ދަފްތަރު ކަމުގައިވާ "ނެޝަނަލް ތެލަސީމިއާ ރަޖިސްޓްރީ" ގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން ތެލަސީމިއާ އެލަވަންސަށް އެދި ހުށަހަޅާ ފަރާތްތަކަށްކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސް އިން ބުނެފިއެވެ.

Loading fresh headlines…