ރުޤްޔާކުރުމުގެ ނަމުގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި 2 މީހަކަށް ބޮޑު ޖަލު ހުކުމެއް އިއްވައިފި އެވެ. 

2020 ވަނަ އަހަރުގެ އެކި ދުވަސް މަތިން، އަންހެނަކާއި، އުމުރުން 18 އަހަރު ނުފުރޭ 3 ކުދިންނަށް ރުޤްޔާ ކުރުމުގެ ނަމުގައި ޖިސްމާނީ ހާނިކަކޮށް، ޖިންސީ ގޯނާކޮށްފައިވާ މައްސަލާގައި ރ. ކަނދޮޅުދޫ، މިރިހިމާގެ އިސްމާޢީލް ވަޙީދާއި، ރ. ކަނދޮޅުދޫ، ދިލްސާދުއާގެ މުޙައްމަދު އަޞީލްގެ މައްޗަށް ދަޢުވާކުރުމަށް 30 ޑިސެންބަރު 2020 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހެޅި އެވެ.

މި މައްސަލާގައި ކްރިމިނަލް ކޯޓަށް ހުށެހެޅި 12 (ދަޢުވާވެސް ސާބިތުވާކަމަށް 31 ޑިސެންބަރު 2025 ގައި ކޯޓުން ޙުކުމްކޮށް އަދަބު ކަނޑައަޅާފައިވެ އެވެ. 

މުޙައްމަދު އަޞީލްގެ މައްޗަށް ސާބިތުވި ދަޢުވާތަކާއި ކަނޑައެޅުނު އަދަބު:

  1. ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުން - 11 އަހަރަށް ޖަލަށްލުން
  2. ކުޑަކުއްޖެއްގެ ޙާޟިރުގައި، ކުޑަކުއްޖަކަށް ދެއްކުމުގެ ނިޔަތުގައި ނުވަތަ ކުޑަކުއްޖަކަށް ފެންނާނެ ކަމަށް ޤަބޫލުކޮށްގެން ޖިންސީ ޢަމަލެއް ކުރުން - 07 އަހަރަށް ޖަލަށްލުން
  3. ޖިންސީ ގޯނާކުރުން - 03 އަހަރަށް ޖަލަށްލުން
  4. ކުޑަކުއްޖެއް އެކްސްޕްލޮއިޓް ކުރުން - 03 އަހަރަށް ޖަލަށްލުން
  5. ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުން - 01 އަހަރާއި 07 މަހާއި 06 ދުވަހަށް ޖަލަށްލުން
  6. އަނިޔާއެއް ދިނުން - 02 މަހާއި 12 ދުވަހަށް ޖަލަށްލުން
  7. ގައިގައި އަތްލުން - 01 މަހާއި 06 ދުވަހަށް ޖަލަށްލުން

ޖުމްލަ އަދަބު: 25 އަހަރާއި 10 މަހާއި 24 ދުވަހަށް ޖަލަށްލުން

އިސްމާޢީލް ވަޙީދުގެ މައްޗަށް ސާބިތުވި ދަޢުވާތަކާއި ކަނޑައެޅުނު އަދަބު: 

  1. ކުޑަކުއްޖަކާމެދު އިހުމާލުވުމުގެ ކުށް - 03 އަހަރަށް ޖަލަށްލުން
  2. މީހަކު ނުވަތަ ބަޔަކު ކުޑަކުއްޖަކާ މެދު އެކްސްޕްލޮއިޓޭޝަންގެ ޢަމަލެއް ހިންގާކަން އެނގިހުރެ އެކުށް ރިޕޯރޓްނުކުރުން - 02 އަހަރަށް ޖަލަށްލުން
  3. ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުން - 01 އަހަރާއި 07 މަހާއި 06 ދުވަހަށް ޖަލަށްލުން
  4. ގައިގައި އަތްލުން - 01 މަހާއި 06 ދުވަހަށް ޖަލަށްލުން
  5. ގައިގައި އަތްލުން - 01 މަހާއި 06 ދުވަހަށް ޖަލަށްލުން

ޖުމްލަ އަދަބު - 6 އަހަރާއި 9 މަހާއި 18 ދުވަހަށް ޖަލަށް