Live 358,820 stories Updated Oct 11, 2026
Browse topics All stories

Latest stories

Live feed

ރިޔާޟްގެ އެއަރޕޯޓަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގެ ކިންގް ޚާލިދު އިންޓަރނޭޝަނަލް އެއަރޕޯޓަށް އަމާޒުކޮށް ހޫޘީން ދިން ނުރައްކާތެރި ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު ދިން މި ހަމަލާގައި އާންމުންގެ އެތައް ބަޔަކު މަރުވެ، ސަތޭކައަށް ވުރެ ގިނަ މީހުންނަށް ވ…

ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުން ނިލަންދޫގައި އިމާރާތްކުރަން ފެށި މިސްކިތުގެ މަސައްކަތް ހުއްޓި، ވީރާނާ ވަނީ!

ފ. ނިލަންދޫގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިމާރާތް ކުރަން ފެށި މިސްކިތުގެ އަމަލީ މަސައްކަތް އެއްކޮށް ހުއްޓިފައިވާ ކަމަށް ބުނެ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ހާޓް އެޓޭކަކުން ފުރަތަމަ ސަލާމަތް ކުރެވުނީ އަމިއްލަ ނަފްސު

މިދިޔަ އާދީއްތަދުވަހަކީ މަބްރޫކް މުހައްމަދަށް ހަމަ އާދައިގެ ދުވަހެކެވެ. އޮފީސް ނިމުމުން ހަވީރު 5:30 ހާއިރު ކޮފީއަކުން ރައްޓެހިންނާ އެކު ވެސް ވަގުތު ހޭދަކުރި އެވެ. ހީ ސަމާސާކުރުމާއި ދިރިއުޅުމުގެ ވާހަކަތަކާއި އާއިލީ އަދި މަސައްކަތުގެ ވާހަކަތައް ވެސް ދެއްކި އެ ކޮފީގައި ހަށިގަނޑުން އެއްވެސް ތަފާތު ކަމެއ…

އަމިއްލަ އާއިލާ މީހުންގެ އަތުން ފައިސާ ފޭރެން ގެއަށް ބަޔަކު ވެއްދި މީހަކު 15 ދުވަހަށް ބަންދުކޮށްފި

ގެއަަކަށް ވަދެ ވަޅިން ބިރުދައްކައި، ގިނަ އަދަދެއްގެ ފައިސާ ފޭރުމުގައި އެ ގޭގެ މީހަކު ބައިވެރިވި ކަމަށް ތުހުމަތު ކުރެވިގެން އޭނާ ހައްޔަރުކޮށް ތަގުގީގުގެ ބޭނުމަށް 15 ދުވަހަށް ބަންދުކޮށްފި އެވެ.

ކުޅުންތެރިޔެއްގެ އިސްތަށިގަނޑުގައި ހިފައިދެމުމުން ވިނީއަށް ރަތެއް، މޮރީނިއޯ ޕްރެސް ބޮއިކޮޓް

ވިޔަރެއާލް ދެކޮޅަށް ރޭ ކުޅުނު އެ ޓީމުގެ ކުޅުންތެރިޔެއްގެ އިސްތަށިގަނޑުގައި ހިފައި ދެމުމުން ރެއާލް މެޑްރިޑްގެ ވިނީޝިއުސް ޖޫނިއާ އަށް ރަތްކާޑް ދައްކައި ދަނޑުން ފޮނުވާލައިފި އެވެ.

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

ޣައްޒާގައި ހިނގަމުންދާ ހަނގުރާމައަށްފަހު އެ ސިޓީ އަލުން އާބާދުކުރުމަށް އެހީތެރިވުމާ ގުޅޭގޮތުން، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ މުޙައްމަދު އަލައްބާރު ދެއްކެވި ވާހަކަތަކަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވެއްޖެ އެވެ.

ރިޔާސީ ނިޒާމުގައި ވަލިއްޔުލް އަމުރަކީ ގާނޫނުއަސާސީ، ނަމަވެސް ރައީސް މުއިއްޒު ވަނީ އެ ވަލިއްޔުލް އަމުރުގެ ބޯކަނޑާލާފައި: އަލީ ހުސެއިން

ރާއްޖޭގެ ރިޔާސީ ނިޒާމުގައި ހަގީގީ ވަލިއްޔުލް އަމުރަކީ ގާނޫނުއަސާސީ ކަމަށާއި ނަމަވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު، ސުޕްރީމް ކޯޓު މެދުވެރިކޮށް އެ ވަލިއްޔުލް އަމުރުގެ "ބޯކަނޑާލާފައިވާ" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

Loading fresh headlines…