Live 354,898 stories Updated Feb 5, 2026
Browse topics All stories

Latest stories

Live feed

ބޮޑު މޮޅަކާއެކު ރޭންޖާސްއިން އެއްވަނައިގައި އޮތް ހާޓްސްއާ ފަރަގު ކުޑަކޮށްފި

ސްކޮޓިޝް ޕްރިމިއަރޝިޕުގައި ރޭ ކިލްމާނޮކް އަތުން ހޯދި ބޮޑު މޮޅާއެކު، ރޭންޖާސް އިން ލީގު ތާވަލުގެ އެއްވަނައިގައި އޮތް ހާޓްސްއާ ދެމެދު އޮތް ފަރަގު ކުޑަކޮށްފިއެވެ. ރޭންޖާސްގެ ފަރާތުން މުޅި މެޗު ޑޮމިނޭޓުކުރި މި މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލަނޑެއް ޖަހައި ލީޑުނަގާފައެވެ. ހާފުގެ ފަސްވަނަ މިނެޓުގަ…

ސަޢުދީ ދޫކޮށް ޔޫރަޕު ނުވަތަ އެމެރިކާގެ ކުލަބަކަށް ދާން ރޮނާލްޑޯ ވިސްނަނީ

ސައުދީ އަރަބިއްޔާގެ އަލް ނަސްރު ދޫކޮށްލުމަށް އެ ޓީމުގެ ތަރި އަދި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވިސްނަމުންދާކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. ޓްރާންސްފަރ ޚަބަރުތައް ގެނެސްދިނުމުގައި އެންމެ ބޮޑަށް އިތުބާރު ކުރެވޭ އެއް މަސްދަރުކަމަށްވާ މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯ ބުނެފައިވާ ގޮތުގައި …

ކުރީ ސަރުކާރުން ދިއްދޫގައި ޤާއިމު ކުރި އިސްލާމިކް ސެންޓަރަކީ، މި ސަރުކާރުގެ މަޝްރޫއެއްގެ ގޮތުގައި ރައީސް ފާހަގަ ކުރައްވައިފި

ކުރީގެ ރައީސް އިބްރާހީމް މުޙްމަދު ސޯލިހުގެ ސަރުކާރުން ހއ.ދިއްދޫގައި އިމާރާތް ކުރި އިސްލާމިކް ސެންޓަރަކީ، މި ސަރުކާރުގެ މަޝްރޫއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ފާހަގަ ކުރައްވައިފި އެވެ.

ފުނަދޫ އެއާ ސްޓޭޝަނުން މިއަހަރު ޚިދުމަތް ދޭން ފަށާނެ: ރައީސް

ޤައުމީ ދިފާޢީ ބާރުގެ ޤާބިލީއްޔަތުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ށ. ފުނަދޫގައި ތަރައްޤީ ކުރާ އެއަރ ސްޓޭޝަނުގެ ޚިދުމަތް މިއަހަރު ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމީ ދި…

ރިޔާސީ ބަޔާން 2026: އެމްޑީޕީގެ މެމްބަރުން އިހުތިޖާޖު ކުރަން ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވަވާ ޖަލްސާއި، އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީީޕީ)ގެ މެމްބަރުން އިހުތިޖާޖު ކުރަން ފެށުމުން، މެމްބަރުންގެ ނަން އިއްވައިފި އެވެ.

ހުރާ ވޮލީ ޓީމަށް ބައިނަލްއަޤްވާމީ ފުރަތަމަ މޮޅު

ރާއްޖޭގައި ފެށި ކާވާ ވިމެންސް ލީގު 2026 ގެ ދެވަނަ މެޗުގައި ހުރާ ކޮމިއުނިޓީ ކުލަބުން އުޒްބަކިސްތާނުގެ ހޫމޯ ވީސީ ބަލިކޮށް، ބައިނަލްއަގްވާމީ ފުރަތަމަ މޮޅު ހޯދައިފިއެވެ. ހުރާ ކޮމިއުނިޓީ ކުލަބަކީ މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ދެ ކުލަބުގެ ތެރެއިން އެއް ކުލަބެވެ. ދެން ވާދަކުރަނީ ވެމްކޯއެވެ. މި މުބާރާ…

ރާއްޖެއާއި ސްރީލަންކާއަކީ އެއް އާއިލާއެއް ފަދަ ބައެއް: ހަލީލް

ސްރީލަންކާއަކީ ހަމައެކަނި އަވަށްޓެރި ގައުމެއް ނޫން ކަމަށާއި، އެގައުމުގެ ރައްޔިތުންނަކީ ގާތް އެކުވެރިންތަކެއްގެ އިތުރުން އެއް އާއިލާއެއް ފަދަ ބައެއް ކަމަަށް ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

އިސްލާމީ ދާއިރާއިން 90 މަޝްރޫޢުއެއްގެ މަސައްކަތް ދަނީ ހިންގަމުން: ރައީސް

އިސްލާމީ ދާއިރާއިން 90 މަޝްރޫޢުއެއްގެ މަސައްކަތް ކުރިއަށްދާކަމަށާއި މިއަހަރު މިސްކިތްތަކުގެ މަރާމާތުގެ މަސައްކަތަށް 15 މިލިޔަން ރުފިޔާ ހަމަޖައްސާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އ…

މާލެ ހިޔާ ފުލެޓުން މީހަކު ވެއްޓި ފަރުވާދެނީ

މާލެ ހިޔާ ފްލެޓްގެ 5 ވަނަ ފަންގިފިލާއިން އުމުރުން ދުވަސްވީ މީހަކު ވެއްޓިގެން ފަރުވާ ދޭން ފަށައިފިއެވެ. ފުލުހުން ވިދާޅުވީ މާލެ ހިޔާ 1 ވަނަ ފްލެޓުން މީހަކު ވެއްޓިފައިވާކަމުގެ މަޢުލޫމާތު ލިބުނީ މިއަދު ހެނދުނު 06:50 ހާއިރުކަމަށެވެ. ވެއްޓިފައިވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާ ވެއްޓ…

Loading fresh headlines…