Live 358,705 stories Updated Oct 13, 2026
Browse topics All stories

Latest stories

Live feed

ނޭޕާލުގެ ފެންބޮޑުވުން: 100 އަށްވުރެ ގިނަ ފަތުރުވެރިން ތާށިވެފައި!

ނޭޕާލުގެ މެދުތެރޭ ސަރަޙައްދުގައި ކޯރެއް ބަންދުވެ، ކުއްލިއަކަށް އައި ފެންބޮޑުވުމެއްގެ ސަބަބުން ޓްރެކިންގ ހަދަމުންދިޔަ ބޭރުގެ 100 އަށްވުރެ ގިނަ ފަތުރުވެރިން އެކި ހިސާބުތަކުގައި ތާށިވެއްޖެއެވެ. މި ހާދިސާ ދިމާވީ ނޭޕާލުގެ ގޯރްޚާ އަވަށުގައި "ބޫޑީ ގަންޑަކީ" ކޯރު ބަންދުވެ، އުފެދުނު ފެންބޮޑުވުމާ ގުޅިގެން ކ…

ސިއްރު ހެއްކާ ގުޅޭ ބިލު ދިރާސާކުރުމަށް ކޮމިޓީއަށް

ޖިނާއީ މައްސަލަތަކުގައި ސިއްރު ހެކި ހުށަހެޅުމަށް ދައުލަތަށް ލިބޭ އިޚްތިޔާރުތައް ފުޅާކުރުމަށްޓަކައި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ބިލު މިއަދު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.

ސިވިލް ސަރވިސް މުވައްޒަފުން އައްޔަނުކުރުމުގެ ނިޒާމު އޮންލައިންކުރަނީ

ސިވިލް ސަރވިސްއަށް މުވައްޒަފުން އައްޔަނުކުރުމުގެ ނިޒާމު، ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ދެފުއްފެންނަ ގޮތެއްގައި ކުރިއަށްގެންދެވޭނެ ސިސްޓަމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ ކޮމިޝަންއިން ވިދާޅުވެއްޖެއެވެ. ސިވިލް ސަރވިސް ކޮމިޝަންގެ 2025ވަނަ އަހަރުގެ އަހަރީ ރިޕޯޓް މަޖިލީހުގެ މިނިވަން މުއ…

ކަޅުކަނޑުގައި ދިން ހަމަލާއެއްގައި 11 ފަޅުވެރިން ގެއްލި އުޅަނދު އަޑިއަށް

ބަލްގޭރިއާގެ އައްސޭރިފަށުގެ ސަރަޙައްދަށް ރޭގަނޑުގެ ވަގުތެއްގައި ދިން ނުރައްކާތެރި ޑްރޯން ހަމަލާތަކެއްގައި މުދާ އުފުލާ ކާގޯ އުޅަނދެއް އަޑިއަށްގޮސް، އޭގެ ފަޅުވެރިންގެ ތެރެއިން 11 މީހުން ގެއްލިއްޖެއެވެ. މި ނުރައްކާތެރި ޙާދިސާއާ ގުޅިގެން ބަލްގޭރިއާ ސަރުކާރުން މިހާރު ވަނީ ރަޝިޔާއިން އެ ޤައުމަށް ކަނޑައަޅ…

ފަސް މިލިއަން ގަސް ޕްރޮގްރާމަށް ކާށިދޫން އެއް ހެކްޓަރުގެ ބިން ހާއްސަކޮށްފި

ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ހިންގުމަށް ކ. ކާށިދޫން އެއް ހެކްޓަރުގެ ބިން ހާއްސަކުރަން އެ ރަށު ކައުންސިލުން މިއަދު ނިންމައިފި އެވެ.

ބައި-އިލެކްޝަންތަކުގައި ވޯޓުލުމުގެ ހައްގު 4،429 މީހަކަށް

ހަތަރު ރަށެއްގެ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި އިލެކްޝަނުގައި ވޯޓުލުމުގެ ހައްގު 4،429 މީހުންނަށް ލިބިފައިވާކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.

މާލޭގައި ހަދާ ދެ ޕާކިން ބިލްޑިން އަންނަ އަހަރުގެ ނޮވެމްބަރަށް ނިންމަނީ

މާލެއަށް ދިމާވެފައިވާ ޕާކިންގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން މާލޭގައި ހަދާ ދެ ޕާކިން ބިލްޑިންގެ މަސައްކަތް އަންނަ އަހަރުގެ ނޮވެމްބަރުގެ ކުރިން ނިންމާލެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިފްކޯއިން މަސް ގަންނަ އަގު ބޮޑުކޮށް، އެއްވަރެއްގައި ހިފެހެއްޓޭނެ ނިޒާމެއް

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ މިފްކޯއިން މަސްގަންނަ އަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ. ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ވިދާޅުވީ، މިފްކޯގެ ސެންޓަރުތަކާއި ބޯޓުފަހަރަށް މަސް ގަންނަނީ ތިން ރޭޓެއްގައި ކަމަށެވެ. އަދި މިއީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، މަސްވ…

Loading fresh headlines…