Live 344,226 stories Updated Dec 26, 2025
Browse topics All stories

Latest stories

Live feed

ޑިފެންސް އަކަށް ގާނޫނު ނެގި ނަމަވެސް މިވެރިކަން ނިމުމާއެކު ރައީސް މުޢިއްޒު ޖަވާބުދާރިވާން ޖެހެނޭ: ނިޝާން

ޑިފެންސް އަކަށް ގާނޫނު ނެގި ނަމަވެސް މިވެރިކަން ނިމުމާއެކު ރައީސް ޑރ.މުހައްމަދު މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީވާން ޖެހިވަޑައިގަންނަވަން ޖެހޭނެ ކަމަށް ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ކުންފުނިތަކުގެ ވެރިންގެ ގޮތުގައި ތިއްބެވީ ސަރުކާރު ބޭނުންވުމުން ސުވާލެއް ވެސް ކުރުމެއް ނެތި ފައިސާ ނަންގަވާ ބޭފުޅުން: އަހުމަދު އީސަ

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންގެ ގޮތުގައި ތިއްބެވީ ރައީސް ޑރ.މުހައްމަދު މުއިއްޒު ބޭނުންފުޅު ވުމުން ބޭނުންވާ ވަގުތެއްގައި ސުވާލެއް ވެސް ކުރުމެއް ނެތި ފައިސާ ނަންގަވާ ބޭފުޅުން ކަމަށް ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސަ ތުހުމަތު ކުރައްވައިފި އެވެ.

ވަޒީފާ އަދާކުރަމުން ފުލްޓައިމްކޮށް ތިން އަހަރުން ޕީއެޗްޑީ ނުހެދޭނެ: އެމްކިއުއޭ

ވަޒީފާ އަދާކުރަމުން ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމްތައް ފުލްޓައިމްކޮށް 3 އަހަރަށް ކުރިއަށް ގެންދިއުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ބުނެފިއެވެ.

ބައިނަލްއަޤްވާމީ މުޖްތަމައު އާއި އެކުވެރި ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމިއޮތުމުގެ ފައިދާ އަކީ ސުނާމީ ކާރިސާއިން ލިބުނު ޢިބްރަތެއް: ރައީސް މުޢިއްޒު

ބައިނަލްއަޤްވާމީ މުޖްތަމައު އާއި އެކުވެރި ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމިއޮތުމުގެ ފައިދާ އަކީ ސުނާމީ ކާރިސާއިން ލިބުނު ޢިބްރަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ބަލާފާސްކުރަން އުޅުމުން ފުލުހުންނަށް ހަމަލާދިން ބަޔަކު ހައްޔަރުކޮށްފި

މާލޭގެ އިއްޒުއްދީން މަގާއި ގަދަކޯޅި މަގު ގުޅޭ ކަންމަތީގައި ތިބި ބައެއްގެ އަަމަލުތައް ހުރި ގޮތުން، ބަލައި ފާސްކުރަން އުޅުމުން، ފުުލުހުންގެ ދައުރު އަދާކުރިޔަ ނުދޭން ހުރަސް އަަޅައި އިންޒާރުދީ، ފުލުހަކަށް ހަމަލާ ދިން މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ކުށް ހިންގާ ސަރަހައްދުތައް ދެ ލައްކައަށްވުރެ ގިނަ ފަހަރު ބަލައި ފާސްކޮށްފައިވާނެ: ފުލުހުން

ކުށް ހިންގާ ސަރަހައްދުތައް 280142( ދެލައްކަ އައްޑިހަ ހާސް އެއްސަތޭކަ ސާޅީސް ދޭއް) ފަހަރު ބަލާ ފާސްކޮށްފައިވާނެކަމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ.

"ޣައިރު ދީންތަކުގެ މުނާސަބާތަކާއި، މުސްލިމުން ދުރުހެލިވާންޖެހޭ"

ބަވަނަވަމުން އަންނަ ދުނިޔޭގައި މުސްލިމުންނާއި ޣައިރު ދީންތަކުގެ ދީނީ އާދަކާދަތަކާއި، ސަޤާފަތްތައް މަސްހުނިވަމުން އަންނަ އިރު، އެބައިމީހުންގެ ޢީދުތަކާއި، މުނާސަބާތަކުގައި، މުސްލިމުން ބައިވެރިވެއުޅުމަކީ، ދުރުހެލިވާންޖެހޭ ކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ. މިއަދުގެ ހުކުރު ޚުުޠުބާގެ މައުޟޫއަކީ…

Loading fresh headlines…