Live 358,661 stories Updated Oct 15, 2026
Browse topics All stories

Latest stories

Live feed

ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް 3 ފުލުހަކަށް

ކ. ގާފަރު ކައިރިން ދަތުރުކުރަމުން ދަނިކޮށް "ހޯކްސް ވޮޔޭޖް" ކޮޅުވެއްޓި ބަންޑުންޖަހާލި ހާދިސާގައި ކަނޑުވި މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވި 3 ފުލުހަކަށް ފުރާނަ ސަލާމަތް ކުރުމުގެ ރަން މެޑަލް އަރުވައިފިއެވެ. ފުލުހުންގެ މައި އިދާރާ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި …

ޕާކިސްތާނުގެ މަދަރުސާއެއްގެ ފުރާޅު ވެއްޓި 29 މީހުން މަރުވެއްޖެ، ގިނައީ ދަރިވަރުން

ޕާކިސްތާނުގެ ޕެޝާވަރުގައި އަމިއްލަ ފަރާތަކުން ހިންގާ އަލް-ޚައިރު އެޑިއުކޭޝަން ސެންޓަރުގެ ފުރާޅު ވެއްޓި، އުމުރުން 13 އަހަރުން ދަށުގެ 28 ދަރިވަރުންނާއި މުދައްރިސަކު މަރުވެއްޖެއެވެ. އޮކްޓޫބަރު 15 ވަނަ ދުވަހު މަދަރުސާގައި ކިޔަވައިދެމުން ދަނިކޮށް ހިނގި މި ހާދިސާގައި، އެ އިމާރާތުގެ މަތީ ފަންގިފިލާގެ ފުރާޅ…

އާރްޑީސީގެ އެމްޑީކަމުން ނަޒީމް ވަކިކޮށް، ސައުދީއާ ހަވާލުކޮށްފި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމުން އިބްރާހިމް ނަޒީމް ވަކިކޮށް، އެކްޓިންގް މެނޭޖިންގް ޑިރެކްޓަރުގެ މަގާމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިންގް ޑިރެކްޓަރ ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސައުދީ އައްޔަންކޮށްފިއެވެ.

މަނާކުރުން އައީ އިސްރާއީލު ޕާސްޕޯޓަށް، އިސްރާއީލުގެ ރައްޔިތުންނަކަށް ނޫން، އެކަމަކު ރަސްމާލެއިން އެމީހުންނަށް ބިން ނުލިބޭނެކަން ބެލޭނެ ގޮތްތައް ހުންނާނެ: މުއްތޮލިބް

އިސްރާއީލު ޕާސްޕޯޓު މަނާކުރިނަމަވެސް، މި މަނާކުރުން އޮތީ އިސްރާއީލު ޕާސްޕޯޓަށް ކަމަށާއި، އިސްރާއީލުގެ ރައްޔިތުންނަކަށް ނޫންކަމަށް ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް ވިދާޅުވެއްޖެ އެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ވިއްކައި ފައިސާ ޖަމާކުރާނީ ރާއްޖޭގެ ބޭންކުތަކަށް

ރަސްމާލެ ތަރައްޤީކޮށް އެތަނުގައި ހަދާ ޕްރޮޕަޓީތައް ވިއްކައިގެން ލިބޭ ފައިސާ ހުންނަންޖެހޭނީ ރާއްޖޭގައިކަމަށް ގަބޫލުކުރައްވާކަމަށް އީގަލް ހިލްސް ކުންފުނީގެ ޗެއަރމަން މުޙައްމަދު އަލްއައްބާރު ވިދާޅުވެއްޖެއެވެ. ޕީއެސްއެމްއަށް ދެއްވި ޚާއްސަ ބަސްތީގަތުމުގައި އޭނާ ވަނީ ރާއްޖެއަށް ދިމާވެފައިވާ އެކި ގޮންޖެހ…

"އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް ރަސްމީކޮށް އިފުތިތާޙުކޮށްފި

އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާ އާއި އުރީދޫ މޯލްޑިވްސް ގުޅިގެން، ރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް "އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. މި އިނިޝިއޭޓިވް ރަސްމީކޮށް އިފްތިތާޙުކޮށްފައިވަނީ، އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ޕީ.އ…

ގޯތިތަކާއި ފްލެޓުތައް ނުހަދައިފިނަމަ ތިލަމާލެ ބްރިޖު އޮންނާނީ ލޮރީ ދުއްވަން ނުވަތަ ގާޑިޔާ ދަމަން: ފައިސަލް

އެތައް ސަތޭކަ މިލިއަން ޑޮލަރެއް ޚަރަދުކޮށްގެން އަޅާ ތިލަމާލެ ބްރިޖުން ހަގީގީ ފައިދާ ނެގޭނީ ކުރީ ސަރުކާރުން މާލޭ ސަރަހައްދުން ދޫކުރި ފްލެޓްތަކާއި ގޯތިތަކުގައި މީހުންނަށް ދިރިއުޅެވޭނެ މަގު ތަނަވަސްކޮށްދީގެން ކަމަށާއި، އެހެން ނޫންނަމަ އެ ބްރިޖު އޮންނާނީ ހަމައެކަނި ލޮރީ ދުއްވަން ކަމަށް ކުރީގެ ނައިބު ރައ…

5 މިލިޔަން ގަސް ޕްރޮގްރާމްގެ ދަށުން އައްޑޫ މީދޫގައި ނާސަރީއެއް ހުޅުވައިފި

ސަރުކާރުން ކުރިއަށްގެންދާ ފަސް މިލިޔަން ގަސް އިންދުމުގެ ޤައުމީ ޕްރޮގްރާމުގެ ދަށުން، އައްޑޫ މީދޫގައި ޤާއިމުކުރި ޚާއްޞަ ނާސަރީ ރަސްމީކޮށް ހުޅުވައިފިއެވެ. މި ނާސަރީ ރަސްމީކޮށް ހުޅުއްވައިދެއްވީ މިއަހަރުގެ ޤައުމީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް މީދޫ ކައުންސިލުން ކުރިއަ…

Loading fresh headlines…