Live 343,743 stories Updated Jan 8, 2026
Browse topics All stories

Latest stories

Live feed

ސޯޝަލް ހައުސިން މަޝްރޫއު ހިންގަން ނިންމާފައިވާ ބިން ތަކުގައި ލަގްޒަރީ އެޕަރޓްމަންޓުތައް އަޅަން ނިންމުމަކީ ރައްޔިތުންނަށް ދެވޭ ނިކަމެތިކަމެއް: ޔޫނިއަން

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ސޯޝަލް ހައުސިން މަޝްރޫއު ހިންގަން ނިންމާފައިވާ ބިން ތަކުގައި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ލަގްޒަރީ އެޕަރޓްމަންޓުތައް އަޅަން ނިންމައި، ވިއްކަން އިއުލާން ކުރި ކުރުން ބަލައި ނުގަންނާނެ ކަމަށް ފަހި ޔޫނިއަން އަދި އުތުރުތިލަފަޅު ޔޫނިއ…

ތޮއްޑޫ އޮޑިޓް: ތޮއްޑޫ ލޯކަލް އޮތޯރިޓީ ކުންފުނި ވަނީ ބޮއްސުންލާފައި

އއ. ތޮއްޑޫ ލޯކަލް އޮތޯރިޓީ ކުންފުނި މާލީ ގޮތުން ކުރިއަށް ގެންދިއުމަށް އެ ރަށު ކައުންސިލް އިދާރާ އިން ގިނަ އަދަދެއްގެ ފައިސާ ދެމުން ގޮސްފައިވާ ކަމަށާއި އެ ކުންފުނި ވަނީ ބޮއްސުންލާފައި ކަމަށް އޮޑިޓަރ ޖެނެރަލް ގެ އޮފީހުން ބުނެފި އެވެ.

މަނަދޫ ކައުންސިލަށް މިންގަނޑަށް ނުފެތޭ ޕިކަޕެއް ސަޕްލައި ކުރި ފަރާތައް ފިޔަވަޅު އަޅަން އޮޑިޓަރ ޖެނެރަލް އަންގައިފި

ނ. މަނަދޫ ކައުންސިލުން ކޮންޓްރެކްޓަރު އަގުު ހުށައަޅާފައިވާ ސްޕެސިފިކޭޝަނަށް ނުފެތޭ ޕިކަޕެއް ބަލައިގަނެ ފައިސާ ދެއްކި ކަމަށް އެ ކައުންސިލް ގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

ވެނެޒުއެލާގެ ތެޔޮ އެމެރިކާއިން ވިއްކުމަށް ތައްޔާރުވަނީ

އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން ވެނެޒުއެލާގައި ތާށިވެފައިހުރި 50 މިލިއަނެއްހާ ފީފާ ތެޔޮ، އެމެރިކާ މެދުވެރިކޮށް ވިއްކުމަށް ވެނެޒުއެލާގެ އިންތިޤާލީ ސަރުކާރާއެކު މަޝްވަރާ ކުރެވެމުންދާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. މިދިޔަ ހަފްތާ ބަންދުގައި، އެމ…

ތޮއްޑޫ ކައުންސިލުން 2023 ވަނަ އަހަރުގެ އީދު ފާހަގަ ކުރަން ހަވާލު ކުރި ކުންފުންޏަށް އިތުރަށް ދިން ފައިސާ ހޯދަން އޮޑިޓަރ ޖެނެރަލް އަންގައިފި

އއ. ތޮއްޑޫގައި 2023 ވަނަ އަހަރު ގެ އަޟްހާ އީދު ފާހަގަ ކުރުމަށް އެ ރަށު ކައުންސިލްގެ ބަޖެޓުގެ ބޮޑު ބައެއް ޚަރަދު ކޮށްފައިވާ ކަމަށް އޮޑިޓަރ ޖެނެރަލް ގެ އޮފީހުން ނެރުނު ރިޕޯޓުގައި ބުނެފި އެވެ.

ފުރަތަމަ 6 ދުވަސް: 43،000 އަށްވުރެ ގިނަ ފަތުރުވެރިން

މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް 43000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 14.6 އިންސައްތައިގެ ކުރިއެރުމެކެވެ. ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއި…

Loading fresh headlines…