Live 343,691 stories Updated Jan 8, 2026
Browse topics All stories

Latest stories

Live feed

މަނަދޫގައި 4 ލައްކަ ރުފިޔާގެ ރަސްމީ ސްޓޭޖެއްގެ މަސައްކަތް ކުރީ އިއުލާނު ނުކޮށް، މަސައްކަތާއި ގުޅޭ ލިޔެކިޔުން ފުރިހަމަ ކުރީ މަސައްކަތް ހަވާލު ކުރި ފަހުން: އޮޑިޓް

ނ. މަނަދޫގައި 415،000 ރުފިޔާގެ ރަސްމީ ސްޓޭޖެއް ޑިޒައިންކޮށް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފައި ނުވާއިރު، މި މަސައްކަތާއި ގުޅޭ ލިޔެކިޔުންތައް މަސައްކަތް ހަވާލުކުރުމުގެ މާފަހުގެ ތާރީހެއްގައި ފުރިހަމަކޮށްފައިވާ ކަމަށް މަނަދޫ ކައުންސިލްގެ އޮޑިޓުން ހާމަވެއްޖެ އެވެ.

ރަސްމާލެ ހިއްކަން މަހެއްގެ މައްޗަށް 10 ނުވަތަ 8 މިލިއަން ޑޮލަރު ޚަރަދު ކުރޭ: އީސަ

ރަސްމާލެ ހިއްކަން މި ސަރުކާރުން މަހެއްގެ މައްޗަށް 8-10 މިލިއަން ޑޮލަރު ޚަރަދު ކުރާ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ރައްޔިތުން މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސަ ވިދާޅުވެއްޖެ އެވެ.

ލަންކާ އިން ރާއްޖެ އާއި މެދު "ދޮން މަންމަ" އަކަށް ކަންކުރާ ގޮތަށް އަމަލު ކުރާ ކަމަށް ރާއްޖެ އިން ލަންކާ އަށް ކަނޑައަޅާފައިވާ ސަފީރު ސިފަކުރުމުން އާއްމުންގެ ފާޑުކިޔުން އަމާޒުވެއްޖެ!

ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު ލަންކާ ސަރުކާރަށް ފާޑު ވިދާޅުވުމުން އާއްމުންގެ ނުރުހުމާއި ކުރިމަތިލާން ޖެހިއްޖެ އެވެ.

އިލްމުވެރިންނަކީ "މުރުތައްދު ވެފައިވާ ބައެއް" ކަމަށް ރީކޯ މޫސަ ވިދާޅުވި މައްސަލަ ޕޮލިހަށް

ރާއްޖޭގެ އިލްމުވެރިންނަކީ މުރުތައްދު ވެފައިވާ ބައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި އެމްޑީޕީ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވި މައްސަލަ ބަލައިދިނުމަށް އެދި އިލްމުވެރިންގެ ގުޅުމުން ފުލުހުންނަށް ހުށަހަޅައިފި އެވެ.

ރަމަޟާން މަހުން ފެށިގެން އަވަސް އެޕުން ޒަކާތް ދެއްކޭނެ

އާންމުންނަށް ފަސޭހަކަމާއެކު ޒަކާތް ދެއްކޭނެ އިންތިޒާމުތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، އަވަސް އެންޓަޕްރައިސަސްގެ ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ފިޠުރު ޒަކާތް ބަލައިގަތުމަށް މޯލްޑިވްސް ޒަކާތު ހައުސްއާއި އަވަސް އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. …

ސިޓީގެ ޖާދޫ ގެއްލި އާސެނަލްއަށް ބޮޑު ފުރުޞަތެއް، ޔުނައިޓެޑަށް ޕޮއިންޓެއް

އިނގިރޭސި ޕްރިމިއަރ ލީގުގެ އެންމެ ވަރުގަދަ އެއް ޓީމުގެ ގޮތުގައި މެންޗަސްޓަރ ސިޓީން ދައްކަމުން އައި ޖާދޫ ގެއްލި، މި ސީޒަނުގެ ތަށި ހޯދުމުގެ ރޭހުގައި އާސެނަލްއަށް ފުރުޞަތު ފަހިވެއްޖެއެވެ. ލީގުގަައި ރޭ ބްރައިޓަންއާ ދެކޮލަށް ކުޅެ ސިޓީ ވަނީ 1-1އިން އެއްވަރުވެފައެވެ. މިއާއެކު މި ވަގުތު 20 މެޗު ކުޅެފައިވާ …

Loading fresh headlines…