ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް
ދުވަހެއްގައި ބޭއްވުމަށް ނަގާ ރެފަރެންޑަމް ވޯޓަކީ އޭގެ އަސްލު އޮޅުވާލައިގެން
ނަގާ ވޯޓެއްކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް، މުހައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ނޫނެކޭ ޕްރޮގްރާމްގައި ވާހަކަ
ދައްކަވަމުން ޝިއްޕެ ވިދާޅުވީ، ރެފަރެންޑަމް ވޯޓުގެ ކަރުދާހުގައި ދެ އިންތިޚާބުގެ
ވާހަކަ ނުވެސް އޮންނަ ކަމަށާއި، ހަމައެކަނި އޮންނަނީ ޤާނޫނުއަސާސީއަށް ގެނައި 8
ވަނަ އިސްލާޙު ރައީސް ތަސްދީޤު ކުރައްވަން ރައްޔިތުންނަށް ފެނޭތޯ ނުވަތަ ނޫންތޯ
ކަމަށެވެ. އެހެންކަމުން މިއީ ރައްޔިތުންނަށް އޭގެ އަސްލު އޮޅުވާލައިގެން ނަގާ
ވޯޓެއްކަންވެސް ޝިއްޕެ ފާހަގަ ކުރެއްވި އެވެ.
ޝިއްޕެ ވަނީ ވޯޓު ކަރުދާހުގައި ނޫނެކޭ އޮންނަ
ގޮޅީގައި ހެޔޮ ފާހަގަ ޖެހުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
ކަރުދާސްކޮޅަށް ބަލާއިރު އިންތިޚާބު އެއްކޮށްލުމާ ގުޅޭ ވާހަކައެއް އޮންނަނީއެއް ނޫން، ކުރަން އުޅޭ ކަމެއް އެނގޭ ކަރުދާހެއްވެސް ނޫން މި ލިބެނީ ވޯޓުލާން ގޮސް ބަލާއިރު، ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅޭގޮތަށް މިބޭފުޅުން މި ހުރިހާ ކަމެއް ކުރައްވަނީ.އެމްޑީޕީގެ ކުރީގެ ނައިބު ރައީސް، މުހައްމަދު ޝިފާޒް (ޝިއްޕެ)
ޝިއްޕެ ވިދާޅުވީ، ރާއްޖެ އަނެއްކާވެސް އަނބުރާ މި
ދަނީ ހުދުމުހުތާރު ވެރިކަމަކާ ދިމާއަށް ކަމަށާއި، ޤާނޫނުއަސާސީއަކީ ވަރަށް ގިނަ
ބަޔަކު ބުރަ އުފުލައި ޤުރުބާނީތަކެއް ވެގެން ގެނައި އެއްޗެއް ކަމަށެވެ. އަދި
ވިދާޅުވީ، މި ސަރުކާރުން ބޭނުންވާ ގޮތަށް ރެފަރެންޑަމް ވޯޓުގެ ނަތީޖާ އައުމާއެކު،
ރާއްޖެ އެތައް ތަނެއް ފަހަތަށް ދާނެ ކަމަށާއި، ދެން އަންނާނީ ނުރައްކާތެރި
ޙާލަތެއް ކަމަށެވެ.
ހަމައެއާއެކު، ފައިސާގެ ދަތިކަން އޮތްކަން
ބަޔާންކޮށް ސަރުކާރުގެ މަޝްރޫއުތައްވެސް ހުއްޓާލާފައިވާ ކަމަށާއި، މިއަދު އެއްވެސް
ޕްރޮޖެކްޓެއް ވެސް ނުހިނގާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ، މި ހުރިހާ ކަމެއް މިހެން ހިނގާއިރުވެސް އަނެއްކޮޅުން
ފެންނަނީ ދައުލަތުގެ ޕޭރޯލް އިންތިހާއަށް ބޮޑުވެގެންދާ މަންޒަރު ކަމަށެވެ.