Live 358,617 stories Updated Oct 17, 2026
Browse topics All stories

Latest stories

Live feed

ހާލު ކިހިނެއް: ދ. ހުޅުދެލި ރައްޔިތުންގެ ވެސް ކަންބޮޑުވުމަކީ ތަކެތީގެ އަގު ބޮޑުވުމާއި ބޭސް ނުލިބުން އަދި މަޝްރޫއުތައް ކުރިއަށް ނުދިއުން!

ތަކެތީގެ އަގު ބޮޑުވުމާއި، އަސާސީ ބޭސް ނުލިބުމުގެ އިތުރުން ރަށުގައި ފަށާފައިވާ މަޝްރޫއުތައް ކުރިއަށް ނުދާތީ ދ. ހުޅުދެލި ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރ. މީދޫ ހޮސްޕިޓަލް މަޝްރޫއު: ކައުންސިލް އިންތިހާބާއި ދިމާކޮށް ބިންގާ އެޅުން ނޫން އިތުރު ކަމެއް އަދި ނުވޭ!

ކައުންސިލް އިންތިހާބާއި ދިމާކޮށް ރ. މީދޫގައި ބިންގާ އެޅި ހޮސްޕިޓަލް މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ އާރްޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަދި އެމްޑީޕީ ގައުމީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ރައީސް މޫސާ އަލިމަނިކު (މޫކޭ) ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އީރާނު ހަނގުރާމާގައި ވިލާތުގެ ޤައުމުތަކަށް 100 ބިލިޔަން ޔޫރޯގެ ބޮޑު ގެއްލުމެއް

އީރާނާ ދެކޮޅަށް ކުރަމުންދާ ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން ވިލާތުގެ އިޤްތިޞާދަށް މިހާތަނަށް 100 ބިލިއަން ޔޫރޯ (ގާތްގަނޑަކަށް 112 ބިލިއަން އެމެރިކާ ޑޮލަރު) އަށް ވުރެ ބޮޑު މާލީ ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ހާމަކުރައްވައިފިއެވެ. މީސްމީޑިޔާގައި ހިއ…

ރަސްމާލެ އާއި ވިސާގެ ފަހަތުގައިވާ ކަންކަން ވަރަށް ތަފްސީލުކޮށް ކިޔައި ދެއްވައި، ދިރާސާކުރަން ޒުވާނުންނަށް ގޮވާލައްވައިފި

ދިވެހިރާއްޖޭގައި ބޭރުގެ ފަރާތްތަކަށް ރެސިޑެންސީ ވިސާ ދޫކުރުމާއި، ސަރުކާރުން ހިންގަން ރާވާފައިވާ ރަސްމާލެ ބިޔަ މަޝްރޫއުތަކުގެ ފަހަތުގައި އިޒްރޭލާއި ޒަޔަނިސްޓުންގެ ނުފޫޒު އޮތް ކަމަށް ތުހުމަތުކުރައްވައި، މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމުގައިވާ އިސްމާއީލް ޒަރިޔަންދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ޑިއުޓީގައި ހުރި ފުލުސް މީހާގެ ގައިގައި ސައިކަލުން ޖެއްސީ ގަސްދުގައި: ސީޕީ

ސިނަމާލެ ބްރިޖުގެ ހައިވޭގައި ރޭ ފަތިހު ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން އެވަގުތު ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ޖެއްސީ ގަސްދުގައި ކަމަށް ތަހުގީގަށް މިހާތަނަށް ބެލެވޭ ކަމަށް ޕޮލިސް ކޮމިޝަނަރު އަހްމަދު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

"އިންވެސްޓަރުންނާ ދެކޮޅު ކެމްޕޭނަކަށް ސިޔާސީ ޚިޔާލުތަފާތުވުން ނަހަދާ"

ސިޔާސީ ގޮތުން ހުންނަ ޚިޔާލުތަފާތުވުންތަކަކީ ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކާ ދެކޮޅަށް ހިންގާ ކެމްޕޭނަކަށް ނުހެދުމަށް އިގުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު މިހެން ވިދާޅުވީ، ނޫހެއްގައި ޝާއިޢުކޮށްފައިވާ ޚަބަރުތަކަކާ ގުޅިގެން ކަންބޮޑުވުނ…

ރާއްޖޭގެ އިގްތިސާދީ ނިންމުންތަކާއި ރަސްމާލެ މަޝްރޫއުގައި ފޮރުވިފައިވާ ބައެއް ނުރައްކާތައް!

ދިވެހިރާއްޖޭގެ މިހާރުގެ އިގްތިސާދީ އަދި ޚާރިޖީ ސިޔާސަތުތައް ބައްޓަންވަމުން އަންނަ ގޮތުން، ގައުމުގެ މިނިވަންކަމާއި އިސްލާމީ ވަހުދަތަށް ނުރައްކާވެދާނެ ކަމުގެ ކަންބޮޑުވުންތައް ދަނީ ފެންމަތިވަމުންނެވެ. ބޭރުގެ އިންވެސްޓްމަންޓްތަކުގެ ނަމުގައި ކުރިއަށްގެންދާ ބައެއް މަޝްރޫއުތަކާއި ސޮއިކުރެވޭ އެއްބަސްވުންތަކ…

ޢަރަބިއްޔާ ސްކޫލް އައު އިމާރާތުގެ ފިނިޝިން މަސައްކަތްތައް ފެށުމަށް ތައްޔާރުވަނީ

އަލް މަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ، ޢަރަބިއްޔާ ސްކޫލްގެ އައު އިމާރާތުގެ %77 މަސައްކަތް ނިންމާލައިފިއެވެ. މި މަސައްކަތް ކުރަމުން އަންނަނީ އާރްސީސީންނެވެ. އާރްސީސީން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބާލާއިރު ކޮންކްރީޓްގެ %95 މަސައްކަތް ވަނީ ނިންމާފައެވެ. އާރްސީސީން ހާމަކުރި ގޮތުގައި އިމާރ…

Loading fresh headlines…