ހއ. އަތޮޅުގެ ރަށްތަކުގައި ފެނަކައިން ދެމުންދިޔަ ޔުޓިލިޓީ ހިދުމަތްތައް ދިނުމާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ އެވެ.

ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް، ހއ. އަތޮޅުގެ ރަށްތަކުގައި ފެނަކައިން ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީ ހިދުމަތްތައް ދިނުމާ ސްޓެލްކޯއިން މިހާރު ރަސްމީކޮށް ހަވާލުވެ، އެ ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.

އެގޮތުން، އެ ރަށްރަށުގައި ދެމުންދާ ހިދުމަތްތަކުގެ ފެންވަރު ސްޓެލްކޯގެ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތް، ހިދުމަތާ ހަވާލުވި ދުވަހުން ފެށިގެން ކުރެވެމުންދާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި އެ ސްޓެލްކޯގެ އަމާޒަކީ ހއ. އަތޮޅުގެ ރައްޔިތުންނަށް އިތުބާރުހުރި، ދެމެހެއްޓެނިވި ހިދުމަތެއް ކަށަވަރުކޮށްދިނުން ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.