Live 358,549 stories Updated Oct 18, 2026
Browse topics All stories

Latest stories

Live feed

ބަންގްލަދޭޝްގެ ރިސޯޓެއްގައި އަލިފާން ރޯވެ 10 މީހުން މަރުވެއްޖެ

ބަންގްލަދޭޝްގެ ދެކުނުއިރުމަތީގެ މަޤްބޫލު ފަތުރުވެރި މަންޒިލެއް ކަމަށްވާ ކޮކްސް ބާޒާރުގެ އައްސޭރިފަށުގައި އޮންނަ ރިސޯޓެއްގައި ހޮނިހިރު ދުވަހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި، މަދުވެގެން 10 މީހުން މަރުވެ، އިތުރު ބަޔަކު ޒަޚަމްވެއްޖެއެވެ. ޚަބަރު ލިބިފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ…

ފުލުހުހެއްގައިގައި ސައިކަލުން ޖެއްސި 4 މީހުން 5 ދުވަހަށް ބަންދުކޮށްފި

ސިނަމާލެ ބްރިޖު ހައިވޭގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަމުން ދިޔަ ފުލުސް އޮފިސަރަކަށް ސީރިއަސް އަނިޔާތަކެއްވި ހާދިސާއާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުން ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފިއެވެ.

އެސްއެމްއީ ޑިޖިޓަލްގެ ލޯނު ނުދައްކާ ފަރާތްތަކުގެ ބޭންކިންގ މުއާމަލާތްތައް ކަނޑާލަނީ

އެސްއެމްއީ ޑިޖިޓަލްއިން ދޫކޮށްފައިވާ ފައިނޭންސިންގ ފެސިލިޓީތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ކަސްޓަމަރުންނަށް 1 ނޮވެންބަރު އިން ފެށިގެން ބޭންކިންގ ޚިދުމަތްތައް މެދުކަނޑާލުމަށް އެ ބޭންކުން ނިންމައިފިއެވެ. މިއީ އެސްއެމްއީ ޑިޖިޓަލްގެ ފެސިލިޓީތަކަށް ގަވާއިދުން ފައިސާ ދެއްކުމަށް ބާރުއެޅުމަށާއި، ކަސްޓ…

ޒިންމާ އަދާކުރުމުގައި ފެއިލްވެފައިވާ ދައުލަތުގެ މުއައްސަސާތަކުން ގޮތެއް ނިންމަންދެން ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރިއަށްގެންދާނަން: ސައީދު

ޒިންމާ އަދާކުރުމުގައި ނާކާމިޔާބުވެފައިވާ ދައުލަތުގެ މުއައްސަސާތަކުން، ކަމާގުޅޭ ފަރާތާމެދު އަމަލުކުރާނެ ގޮތެއް ސާފުކޮށްދެންދެން މިހާރު ކުރިއަށްގެންދާ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ހުއްޓާނުލައި ކުރިއަށްގެންދާނެ ކަމަށް މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ޣައްޒާގައި އަވަސްއަވަހަށް ދިރިއުޅޭ ތަން ބަދަލުކުރަން ޖެހި، ވަގުތީ ހިޔާތައް ވީރާނާވެފައި

ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ޣައްޒާގެ ރައްޔިތުންގެ ގެދޮރު ތަކުރާރުކޮށް ގެއްލިފައިވުމުގެ ސަބަބުން އެ ސަހަރުގައި ހުރި ވަގުތީ ހިޔާތައް ވަރަށް ބޮޑަށް ހަލާކުވެ ވީރާނާވެފައިވާ ކަމަށް އދގެ ހިޖުރަކުރުމާ ބެހޭ އިދާރާ، އައިއޯއެމްއިން ބުނެފިއެވެ. އައިއޯއެމްގެ ޣައްޒާގެ ކަންކަން ވިލަރެސްކުރާ ރީޖަނަލް ކ…

ދެ ފްލެޓެއް ހުސްކުރަން އެންގުމާ އެކު، ފްލެޓުތަކަށް ކުލި ދައްކަން ފަށައިފި

އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް ގަވާއިދުން ކުލި ނުދައްކާ ދެ ފްލެޓެއް ހުސްކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އެންގުމާ އެކު، ކުލި ނުދައްކާތީ ނޯޓިސް ފޮނުވާފައިވާ މީހުން ކުލި ދެއްކުމަށް އެ ކުންފުންޏަށް މިހާރު ގުޅަމުން އަންނަ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކ…

ވަޒީރުންގެ "އަހާ"ގެ 10 ވަނަ ފޯރަމް މިރޭ

ވަޒީރުންގެ "އަހާ" ފޯރަމްގެ 10 ވަނަ ފޯރަމް މިރޭ އޮންނާނެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ގުޅިގެން ގެނެސްދޭ ފޯރަމެކެވެ. މި ފޯރަމްގެ މަޤުޞަދަކީ ސަރުކާރުގެ އެކި ވުޒާރާތަކާއި އިދާރާތަކުގެ މަސައްކަތްތައް ވީހާވެސް ތަފްޞީލުކޮށް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމ…

އަހަރެންގެ ހަޔާތުގެ ވާހަކަތައް ދާނީ އަހަންނާއެކު ކަށްވަޅަށް: ސަލްމާން

އަމިއްލަ ހަޔާތުގެ މައްޗަށް ބިނާކޮށް ބަޔޯޕިކް ފިލްމެއް ދުވަހަކު ވެސް އުފައްދައިގެން ނުވާނެ ކަމަށާއި އޭނާގެ ހަޔާތުގެ ވާހަކަތައް ދާނީ އޭނާއާ އެކު ކަށްވަޅަށް ކަމަށް ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ޚާން ބުނެފި އެވެ.

Loading fresh headlines…