ހުޅުމާލޭގައި ރޭ ފަތިހު އެމްޓީސީސީގެ މާލެ ޓެކްސީގެ ކާރެއް ހޮޅިދަނޑިއެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގައިގެން ރޭ ފަތިހު 04:33 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެކްސިޑެންޓްގައި ކާރު ދުއްވަން އިން 28 އަހަރުގެ ދިވެހި ފިރިހެން މީހާއަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

އެހެންނަމަވެސް ޑްރައިވަރަށް ސީރިއަސް އަނިޔާއެއް ވެފައިނުވާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ކާރުގެ ޑްރައިވަރުގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށެވެ.

މި ހާދިސާ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.