Live 342,771 stories Updated Feb 5, 2026
Browse topics All stories

Latest stories

Live feed

ފޯޅަވަހި ހޯދަން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރަން މިހާރު ވާނީ ފެށިފައި: ރައީސް

ރާއްޖޭގެ އިގްތިސާދުން ދުކޮށްލާފައިވާ ފޯޅަވަހި އަނބުރާ ހޯދަން ކުރަން ޖެހޭ ހުރިހާ މަސަކަތެއް މިހާރު ކުރަންފެށިފައި ވާކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"އަތޮޅުތަކުން މަތީ ތަޢުލީމަށް ފުރުޞަތު ފަހިކުރުމަކީ ދެމެހެއްޓެނިވި ތަރައްޤީއަށް މުހިއްމު ފިޔަވަޅެއް"

ޒުވާނުންނާއި އެކި އުމުރުފުރައިގެ މީހުންނަށް މުޅި ރާއްޖޭގައި މަތީ ތަޢުލީމް ފުޅާކޮށް ކޮންމެ އަތޮޅަކުންވެސް ކިޔެވުމުގެ ފުރުޞަތު ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ ދެމެހެއްޓެނިވި ތަރައްޤީ ހާސިލްކުރުމުގައި އަޅަންޖެހޭ މުހިއްމު ފިޔަވަޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. …

ކޮންމެ ރައްޔިތެއްގެ އެކައުންޓަށް އަހަރަކު 400 ޑޮލަރު ސަރުކާރުން ޖަމާކޮށްދެނީ

ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ ނަފާ ސީދާގޮތެއްގައި ދިވެހި ކޮންމެ ރައްޔިތެއްގެ ޖީބަށް ވަންނާނެ ގޮތް ހެދުމަށްޓަކައި، ކޮންމެ ރައްޔިތެއްގެ ބޭންކު އެކައުންޓަށް އަހަރަކު މަދުވެގެން 400 ޑޮލަރު ޖަމާކޮށްދިނުމަށް ސަރުކާރުން ނިންމަވައިފިއެވެ. މިކަން އިއުލާނުކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީ…

ލޯންޗެއް ބަންޑުން ޖަހާލައިގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވެއްޖެ

ކ. ގުޅީފަޅު ކައިރިން ދަތުރު ކުރި ލޯންޗެއް ބަންޑުން ޖަހާލުމާއި ގުޅިގެން ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރު، އެމްއެންޑީއެފްގެ މާލެ ސަރަޙައްދުގެ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވެއްޖެއެވެ. އެމްއެންޑީއެފްއިން ވިދާޅުވީ، ބަންޑުން ޖަހާލީ "ބުލެޓް ސްޕީޑު" ނަމަކަށް ކިޔާ ލޯންޗް ކަމަށެވ…

އިތުރު ދަރަނި ނުނަގައި އެސްޑީއެފްއިން އެކަނި ދަރަނި ދެއްކޭ ގޮތް ހަދައިދޭނަން: ރައީސް

ދަރަނި އަދާކުރުމަށް އިތުރު ދަރަނި ނަގަން ނުޖެހޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވަނީ މިކަން ކުރާނީ އެސްޑީއެފް މެދުވެރިކޮށް ދަރަނި ދެއްކޭގޮތަށް ހަމަޖައްސައިގެން ކަމަށް ވިދާޅުވެފައެވެ. އަދުގެ ސަރުކާރު ހަވާލުވިއިރު…

ފުނަދޫ އެއާ ސްޓޭޝަނުން މިއަހަރު ޚިދުމަތް ދޭން ފަށާނެ: ރައީސް

ޤައުމީ ދިފާޢީ ބާރުގެ ޤާބިލީއްޔަތުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ށ. ފުނަދޫގައި ތަރައްޤީ ކުރާ އެއާ ސްޓޭޝަނުގެ ޚިދުމަތް މިއަހަރު ފަށާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

"އެސްޑީއެފްއަށް 275 މިލިޔަން ޑޮލަރަށްވުރެ ގިނައިން ޖަމާކޮށްފިން"

ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަށް ޑޮލަރު ޖަމާކުރަން ކަނޑައެޅި ހަރުދަނާ ސިޔާސަތުތަކާއިއެކު އެސްޑީއެފްއަށް 275 މިލިޔަން ޑޮލަރަށްވުރެ ގިނައިން ޖަމާކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވި…

"އަމާޒަކީ އިޔާދަކުރަނިވި ހަކަތައިގެ މިންވަރު 220 މެގަވޮޓަށް އިތުރުކުރުން"

ސަރުކާރުގެ މިހާރުގެ އަމާޒަކީ އަދަދު ދެގުނަކޮށް އިޔާދަ ކުރަނިވި ހަކަތައިގެ މިންވަރު 220 މެގަވޮޓަށް އިތުރު ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙ…

ރައީސް ސޯލިހް ފޮނުއްވި ސިޓީ އަނބުރާ ގެންނަވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއިރު، ސިޓީ ހާމަ ކުރަންވީ ވައުދު ވެސް ނުފުދޭ

ފޯޅަވަހީގެ މައްސަލައިގައި މޮރިޝަސްގެ ބޮޑު ވަޒީރަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހް ފޮނުއްވި ސިޓީ، ދިވެހި ރާއްޖެ އިން އަނބުރާ ގެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…