Live 342,590 stories Updated Feb 12, 2026
Browse topics All stories

Latest stories

Live feed

ޗައިނާ މީހެއްގެ އަތުން ފުލުހަކު ބައިވެރިވެގެން ދެ މިލިއަން ރުފިޔާގެ ހުއިފިލަނޑާ ވަގައް ނެގިކަން ފަޅާ އެރުމުން މައްސަލަ ތަހުގީގު ކުރާ ފުލުސް މީހާ މަސްއޫލިއްޔަތުން އެކަހެރިކޮށްފި ކަމަށް ބުނެފި

ކ. ތިލަފުށީގެ ގުދަނެއްގައި ހުރި ދެ މިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާތަކަކަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފަޅާ އެރުމާ ގުޅިގެން، އެ މައްސަލަ ތަހުގީގު ކުރާ އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) މަސްއޫލިއްޔަތުން އެކަހެރިކޮށްފި އެވެ.

ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯސް ފަށައިފި

ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅޭ ފުލުހުންނަށް ކުރިއަށް ގެންދާ އަސާސީ ތަމްރީނު ކޯހުގެ 41 ވަނަ ބުރު ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އައްޑޫ ސިޓީ ކެމްޕަހުގައި ފަށައިފިއެވެ.

މިސައިލް ޕުރޮގުރާމަކީ މަޝްވަރާ ނުކުރެވޭނެ ރަތް ރޮނގެއް: އީރާން

އީރާނުގެ ބެލިސްޓިކް މިސައިލް ޕުރޮގުރާމަކީ މަޝްވަރާއަށް ހުޅުވައިލެވޭނެ މައުޟޫޢެއް ނޫން ކަމަށާއި، އެއީ "ރަތް ރޮނގެއް" ކަމުގައި އެ ޤައުމުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ. އީރާނުގެ ރޫހީ އެންމެ މަތީ ވެރިޔާ އާޔަތުالله ޢަލީ އަލް-ޙާމަނާޢީގެ އިސް މުޝީރެއް ކަމުގައިވާ ޢަލީ ޝަމްޚާނީ މި މޭރުމުން ވިދާޅުވެފައި …

ރަސްމާލެ ފުރަތަމަ ސައިޓުގެ މަސައްކަތް ނިމުމަކާ ގާތަށް

ރަސްމާލޭގެ ހިއްކުމުގެ މަސައްކަތުގެ ސައިޓް.އޭ ގެ މަސައްކަތް ނިމުމަކާ ގާތަށް ހިނގައްޖެއެވެ. ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާ ހަވާލުކޮށްގެންނެވެ. ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަނީ 11 ސައިޓަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ސައިޓ…

Loading fresh headlines…