ބީއެމްއެލް މޮބައިލް އެޕްލިކޭޝަނާއި އިންޓަނެޓް ބޭންކިން ޚިދުމަތް މެދުކެނޑިއްޖެއެވެ.

'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބިއެމްއެލްއިން ބުނީ މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި، ދިމާވެދާނެ ދަތިތަކަށް ވަނީ މައާފަށް އެދިފައެވެ.

ބީއެމްއެލްގެ އެޕާއި އޮންލައިން ޚިދުމަތް ބޭނުން ނުކުރެވޭތާ އެއް ގަޑިއިރަށް ވުރެ ގިނައިރު މިހާރު ވަނީ ވެފައެވެ.

އެގޮތުން ޚިދުމަތްތައް ބޭނުންނުކުރެވޭކަން، ސޯޝަލް މީޑިއާގައި ވެސް ބައެއް މީހުން ފާހަގަކޮށްފައިވެއެވެ.