Live 342,358 stories Updated Feb 18, 2026
Browse topics All stories

Latest stories

Live feed

ރޯދަމަހާ ދިމާކޮށް ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ އަދަދު 32 ޕަސެންޓަށް އިތުރުކުރަން އެމްއެމްއޭއިން ނިންމައިފި

މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ އަދަދު އިއްޔެ އިން ފެށިގެން ތިން ހަފުތާގެ މުއްދަތަށް 32 ޕަސެންޓަށް އިތުރު ކުރަން ނިންމައިފި އެވެ.

ކާބޯތަކެތި އިމްޕޯޓްކުރާ ފަރާތްތަކަށް ޑޮލަރު ދޫކުރާ މިންވަރު އިތުރުކޮށްފި

ރޯދަ މަހާ ދިމާކޮށް ކާބޯތަކެތި އިމްޕޯޓްކުރުމަށް އެހީތެރިވުމުގެ ގޮތުން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭއިން އިތުރުކޮށްފިއެވެ. އެމްއެމްއޭއިން ވިދާޅުވީ 17 ފެބުރުވަރީ 2026 އިން ފެށިގެން 3 ހަފުތާގެ މުއްދަތަށް އަމަލުކުރާ މި ޚާއްޞަ އުސޫލުގެ ދަށުން، މަރުކަޒީ ބޭ…

މޮރީނިއޯގެ ނުރުހުން ވިނީ އަށް: މޮޅު ގޯލެއް ޖަހައި، އިހުތިރާމާ އެކު އުފާފާޅުކުރޭ

ބެންފީކާ (ފެބްރުއަރީ 18) - ޗެމްޕިއަންސް ލީގު ނޮކައުޓް ބުރުގެ ޕްލޭއޮފްގައި ރެއާލް މެޑްރިޑް 1-0 އިން ބެންފީކާ ބަލިކުރި މެޗުގައި ވިނީޝިއަސް ޖޫނިއާގެ އަމަލުތަކަށް، ބެންފީކާގެ ކޯޗު ހޯޒޭ މޮރީނިއޯ ފާޑު ކިޔައިފި އެވެ.

އަމާޒަކީ ޣައްޒާ އާއި ހުޅަނގު އައްސޭރިން ފަލަސްތީނު މީހުން ހުސްކުރުން: އިޒްރޭލުގެ ފިނޭންސް މިނިސްޓަރު

އަމާޒަކީ ޣައްޒާ އާއި ހުޅަނގު އައްސޭރިން ފަލަސްތީނު މީހުން ހުސްކުރުން ކަމަށާއި އެ ބިންތަކުން މީހުން ނުކުމެ ހިޖުރަކުރަން މަޖުބޫރުވާނެ ސިޔާސަތުތައް ހިންގަން ބާރު އަޅަމުން ގެންދާނެ ކަމަށް އިޒްރޭލުގެ ހައްދުފަހަނައެޅި ކަނާތުފިޔައިގެ ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް އިއްޔެ ބުނެފި އެވެ.

އިންތިޚާބު ބޯމަތިވުމުން ބ. ކުޑަރިކިލުގައި ކުރީ ސަރުކާރުގައި ފަށާފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއު ކުރިއަށް ގެންދޭ، ނަމަވެސް ދޮންފަނު އަދި ކިހާދޫގައި މިމަޝްރޫއު ކުރިއަށް ގެންދާނެ ދުވަހެއް ނޭނގޭ

ލޯކަލް ކައުންސިލް އިންތިޚާބު ބޯމަތިވުމުން ބ.އަތޮޅު ކުޑަރިކިލުގައި ކުރީ ސަރުކާރުގައި ފަށާފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ކަމަށާއި، ނަމަވެސް ދޮންފަނު އަދި ކިހާދޫގައި މިމަޝްރޫއު ކުރިއަށް ގެންދާނެ ކަމަށް ދުވަހެއް ނޭނގޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ …

އައްޑޫ "ސްކޫޕު" އަކީ ގޭންގެއް ކަމަށް ކަނޑައެޅުމުގެ މައްސަލަ އާދިއްތަ ދުވަހު

އައްޑޫސިޓީ ހިތަދޫގައި "ސްކޫޕު" ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ހައި ކޯޓަށް ހުށަހެޅި މައްސަލަ އަންނަ އާދިއްތަ ދުވަހު ފަށަން ތާވަލްކޮށް…

ރަމަޟާން މަހު އެމްއޭސީއެލްގެ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ލިބޭނީ 48 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރާނަމަ

ރަމަޟާން މަހު މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ލިބޭނީ 48 ގަޑިއިރަށްވުރެ އިތުރުވާ ވަގުތަށް ކަމަށް އެކުންފުނިން ބުނެފި އެވެ.

Loading fresh headlines…