ފުލުހުންގެ ޚިދުމަތް ވަގުތީގޮތުން ހިންގުން ޑީސީޕީ ފަރުހާދަށް
ދިވެހި ފުލުހުންގެ ޚިދުމަތް ވަގުތީގޮތުން ހިންގުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާ ޙަވާލުކުރައްވައިފިއެވެ. ފުލުހުންގެ ހިންގުމާ ޙަވާލުވެ ހުންނެވި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން، 18 ފެބްރުއަރީން ފެށިގެން ފުލުހުންގެ ވަޒީފާއިން ޝަރަފުވެރިކަމާއެކު ވަނީ ރިޓަޔަރ ކުރައްވާފައެވެ. …