Live 341,635 stories Updated Mar 3, 2026
Browse topics All stories

Latest stories

Live feed

ސަލީމް ވިދާޅުވެ ދެއްވީ ދޫންޏަށް ވޯޓު ނުދީ، ތިލަފަތަށް ވޯޓު ދޭން ޖެހޭ ސަބަބުތައް

ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީ އަދި ފެންނަ ނުފެންނަ ވޯޓުގައި ހެޔޮ ނަތީޖާ އެއް ބޭނުންވާ ނަމަ ތިލަފަތަށް ވޯޓު ދިނުން ގޮތެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަޙުމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެ އެވެ.

ހަރަދު ކުޑަކުރުމަށްޓަކައި ދެ އިންތިހާބު އެއްކޮށްލުމަކީ ކޮށްގެން ވާނެ ކަމެއް ނޫން: އިބޫ

ދައުލަތުގެ ހަރަދު ކުޑަކުރަން ކަމަށް ބުނެ ދެ އިންތިހާބު އެއްކޮށްލުމަކީ އެއްވެސް ހާލަތެއްގައި ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި އެއާ އެކު ދެން ކުރިމަތިވާނީ ނިޒާމަށް ލޮޅުން އަރާނެ ކަންކަން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރޭ ވިދާޅުވެއްޖެ އެވެ.

ވޯޓު ފޮށީގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުތަކުގައި ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ…

މައްކާގައި ދޭ ދީނީ ދަރުސްތަކާއެކު އަޅުކަމަށް އިތުރު ހިތްވަރަކާއި ޖޯޝެއް

ރަމަޟާން މަހަކީ، ދީނީ އަޅުކަމަށް މުސްލިމުން ހުސްވެގެން ތިބޭ މަހެކެވެ. މިމަހުގެ ދަރުމައާއި ޘަވާބު އިތުރު ކުރުމަށް އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރުމާއި، ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް އެކި މަސައްކަތްތައް ކުރުމަކީ ދިވެހީންގެ އާދަކާދައިގެ ތެރެއިން ހިމެނޭ ކަމެކެވެ. ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ޢު…

ކާބޯތަކެއްޗާއި ތެލާއި ގޭހަކަށް ނުޖެހޭނެ، މުދާ ގެނެވޭނެ އިތުރު މަގުތައް ބަލަނީ

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، ދުނިޔޭގައި މުދާ އުފުލާ ވިއުގަތަކަށް އަރާފައިވާ ލޮޅުންތަކުގެ އަސަރު ކުޑަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އަދި ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި ތެލާއި ގޭސް މެދުކެނޑުމެއް ނެތި ލިބޭނެކަމުގެ ޔަގީންކަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއ…

އައްޑޫ "ސްކޫޕް" އަކީ ގޭންގެއް ކަމަށް ކަނޑައެޅުމުގެ ޝަރީއަތް ސިއްރުކޮށްފި

ކުށުގެ ވެށީގައި ހަރަކާތްތެރިވާ ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައެޅުމަށާއި އެ ގްރޫޕުން ހިންގާ ހުރިހާ ކުޅިވަރު ހަރަކާތްތައް ހުއްޓުވައި އަދި ގްރޫޕަށް ނިސްބަތްވާ މީހުންނަކީ ގޭންގް މެމްބަރުން ކަމަށް ކަނޑައަޅަން ފުރަތަމަ ފަހަރަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން (ޕީޖީ) ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީ…

50އަށްވުރެ ގިނަ ޓޫރިސްޓު އެނދު ހިމެނޭ ރަށްތަކުގައި މައުލޫމާތުދޭ ސެންޓަރުތަކެއް

މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން 50 އެނދަށްވުރެ ގިނަ ޓޫރިސްޓު އެނދު ހިމެނޭ ރަށްތަކުގައި މައުލޫމާތު ދިނުމަށް ޚާއްޞަ ސެންޓަރެއް ޤާއިމްކުރުމަށް ނިންމާފައިވާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، އެ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ …

Loading fresh headlines…