Live 341,558 stories Updated Mar 5, 2026
Browse topics All stories

Latest stories

Live feed

ދެ އިންތިހާބު އެއްކޮށްލަނީ 2028 ވަނަ އަހަރު ރައްޔިތުން މުއިއްޒު އަށް ނޫނެކޭ ބުނާނެތީ ބާރާ ނުފޫޒު ފޯރުވައިގެން އިންތިޚާބު ނެގުމަށް: ރައީސް ސޯލިހު

ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބަލިވާނެކަން އިނގޭތީ، އެ އިންތިހާބަށް ނުފޫޒު ފޯރުވައިގެން ކާމިޔާބުކުރުމަށް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ބާޒާރަށް އަންނަ ލޮޅުމާއެކު އެސްޓީއޯއިން ޕެޓްރޯލާއި ޑީސަލްގެ އަގަށް ބަދަލުގެނެސްފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު އެތައް ގުނައަކުން އުފުލުމާ ގުޅިގެން، ރާއްޖޭގައި ޕެޓްރޯލް އާއި ޑީސަލް ވިއްކާ އަގު ބޮޑުކޮށްފި އެވެ.

3 އަހަރު ކުރިން އިކޮނޮމިކް ކައުންސިލުން ދިން ލަފަޔަކާ ގުޅިގެން، ކުރީގެ މިނިސްޓަރު ޝައުނާ އޭސީސީ އަށް ހާޒިރުކޮށްފި

މީގެ ތިން އަހަރު ކުރިން އިކޮނޮމިކް ކައުންސިލުން ދީފައިވާ ލަފައަކާ ގުޅިގެން، ތިމާވެށްޓާ ބެހޭ ކުރީގެ މިނިސްޓަރު އާމިނަތު ޝައުނާ އެންޓި ކޮރަޕްޝަން ކޮމިޝަން އަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.

އެންމެ އަވަސް ސައްތައާ އެކު ނިއުޒީލޭންޑް ފައިނަލަށް

ޓުވެންޓީ20 ކްރިކެޓް މުބާރާތުގައި މިހާތަނަށް ހެދި އެންމެ އަވަސް ސައްތައާއެކު ދެކުނު އެފްރިކާ ބަލިކޮށް ނިއުޒީލޭންޑް މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފި އެވެ. އިންޑިޔާގެ ކަލްލަތާގައި ކުޅުނު މެޗުގައި ފުރަތަމަ ކުޅެން ނުކުތީ ދެކުނު އެފްރިކާ އެވެ. 20 އޯވަރު ތެރޭގައި އެ ގައުމަށް ހެދުނީ 169 ލަނޑެވެ. ޖަވާބު…

އުމްރާއަށް ފުރޭނެ އިންތިޒާމްތައް ހަމަޖެއްސެވުމަށް ރައީސް އަންގަވައިފި

ރާއްޖެއިން އުމްރާއަށްދާ މީހުންގެ ތެރައިން އެކި ސަބަބުތަކާ ހުރެ އުމްރާއަށް ނުފުރިފައި ތިބި މީހުން ފުރޭނެ އިންތިޒާމުތައް ހަމަޖައްސަވަމުންދާކަަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ އެކި ކުންފުނިތަކުން…

އުމްރާ އަށް ނުފުރި ތިބި މީހުން ފުރުވާލެވޭނެ އިންތިޒާމެއް ސަރުކާރުން ހަމަޖައްސަނީ

އެމެރިކާ އާއި އިޒްރޭލުން އިސްވެ އީރާނަށް ދިން ވަރުގަދަ ހަމަލަތަކާ ގުޅިގެން، މެދުއިރުމަތިީގައި ފަށާފައިވާ ހަނގުރާމައާ ހެދި ފްލައިޓުތައް ކެންސަލްވެ، މި ރޯދަމަހުގެ ފަހު 10 އަށް ރާއްޖެ އިން އުމްރާ އަށް ދާން ބޭނުންވެފައި ތިބި މީހުންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލު ކުރަމުން އަންނަ ކަމަށް އިސްލާމިކް މ…

އުލިގަމު ޔޮޓް މެރީނާ ތަރައްޤީކުރަން ހުޅުވާލައިފި

ހއ. އުލިގަމުގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ޔޮޓް މެރީނާ ތަރައްގީކޮށްދޭނެ ބަޔަކު ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޓް، އެމްޕީއެލްއިން ހުޅުވާލައިފިއެވެ. އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލާއި އުލިގަމު ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައި…

މުއިވެޔޮ ބަލިކޮށް ވިލިމާލެ ޔުނައިޓެޑު ސެމީއަށް

އެފްއޭއެމް ވެޓެރެންސް ކަޕް 2026 ގައި މުއިވެޔޮ ފްރެންޑްސް ކުލަބު ބަލިކޮށް ވިލިމާލެ ޔުނައިޓެޑުން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮއްފިއެވެ. ގުރޫޕް އޭގައި ހިމެނޭ މި ދެޓީމު ވާދަކުރި މެޗު ވިލިމާލެއިން ކާމިޔާބު ކުރީ 3-1 ލަނޑުންނެވެ. މާފަންނު އެއްނަންބަރު ޓާފްދަނޑުގައި ކުޅުނު މެޗުފަށައިގެން ގިނައިރު ބޯޅ…

"ބުރުނު ބޮމަ"ގެ ދެވަނަ އެޑިޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ބައިނަލްއަގުވާމީ ފެންވަރުގައި ބާއްވަމުން އަންނަ ސްޕޯޓްސް ފިޝިން ޓޯނަމެންޓް "ބުރުނު ބޯމަ"އިގެ ދެވަނަ އެޑިޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

Loading fresh headlines…