Live 341,419 stories Updated Mar 9, 2026
Browse topics All stories

Latest stories

Live feed

ދަރިންނަށް 2 އަހަރު ފުރެންދެން އަންހެން މުވައްޒަފުންނަށް، ކޮންމެ ދުވަހަކު ދެ ފަހަރު ހުސް ވަގުތު ދޭން ފާސް ކޮށްފި

ދަރިންނަށް 2 އަހަރު ފުރެންދެން އަންހެން މުވައްޒަފުންނަށް ކޮންމެ ދުވަހަކު ދެ ފަހަރު ހުސް ވަގުތު ދޭންޖެހޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ފެންނަ ނުފެންނަ ވޯޓު ސަރުކާރަށް ކާމިޔާބުވެއްޖެނަމަ މިނިވަން އިންތިޚާބެއް ބޭއްވޭނެ ކަމުގެ ޔަގީންކަމެއް ނެތް: އަލީ ހުސައިން

ދެ އިންތިހާބު އެއްކޮށްލުމަށް ނަގާ ވޯޓަކީ ހަމައެކަނި ފެށުމެއް ކަމަށާއި، އެ ވޯޓު ސަރުކާރަށް ކާމިޔާބުވެއްޖެ ނަމަ، މިނިވަން އަދި ދެފުށްފެންނަ އިތުރު އިންތިޚާބެއް ބާއްވާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ޝާހިދު، ޕާޓީގެ އަންހެން ކެންޑިޑޭޓުންނާ ބައްދަލުކުރައްވައިފި

މާޗް 8 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު، އެމްޑީޕީގެ ފަރާތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ކައުންސިލްތަކަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރައްވާ އެމްޑީޕީ ކެންޑިޑޭޓުންނާއި ބައ…

މުއިވެޔޮ ބަލިކޮށް ނިއު ސެމީއަށް

އެފްއޭއެމް ވެޓެރެންސް ކަޕް 2026 ގައި މުއިވެޔޮ ފްރެންޑްސް ކުލަބު ބަލިކޮށް މުބާރާތުގެ ސެމީފައިނަލުގެ ފަހު ޖާގަ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ޔަގީން ކޮއްފިއެވެ. ގުރޫޕް އޭގައި މި ދެޓީމު ވާދަކުރި މެޗު ނިއު އިން ކާމިޔާބުކުރީ 1-0 ލަނޑުންނެވެ. މާފަންނު އެއްނަންބަރު ޓާފްދަނޑުގައި ކުޅުނު މެޗު ފަށައިގެން ދ…

އެމްޑީޕީ ސަރުކާރުން މަކުނުދޫގައި އެއަރޕޯޓު އަޅަން ހިއްކި ސަރަހައްދު ހަލާކުވާތީ ޝާހިދުގެ ކަންބޮޑުވުން

ހދ. މަކުނުދޫގައި އެއަރޕޯޓު އެޅުމަށްޓަކައި ހިއްކާފައިވާ ސަރަހައްދުގެ ހިމާޔަތަށް އެއްވެސް މަސައްކަތެއް ނުކުރެވި، އެ ސަރަހައްދުން ކަނޑަށް ވެލިގަނޑު ފައިބަމުންދާ ކަމަށް ވިދާޅުވެ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ, (އެމްޑީޕީ) ގެ ރައީސް އަބްދުﷲ ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ގަދަބާރުން ވެރިކަން ބަދަލުކޮށްގެން ލިބޭނެ މޮޅެއް ނެތް: ޗައިނާ

އީރާނުގެ ރައްޔިތުންގެ ރުހުމާއި ތާޢީދުނެތި، އަސްކަރީ ބާރުގެ ބޭނުންކޮށްގެން އެ ޤައުމުގެ ވެރިކަން ބަދަލުކޮށްގެން ލިބޭނެ މޮޅެއް ނޯންނާނެކަމަށް ޗައިނާއިން ބުނެފިއެވެ. ފެބްރުއަރީ 28އިން ފެށިގެން އެމެރިކާ އާއި ޔަހޫދީން ގުޅިގެން އީރާނަށް ނިރުބަވެރި ޙަމަލާތައް ދެމުންދާއިރު، އެ ޤައުމުގެ ރޫހީ އެންމެ މަތިވެރިޔ…

ޢުމްރާވެރިން އިސްލާމީ ތާރީޚާއި ގުޅޭ މަދީނާގެ މުހިއްމު ޒިޔާރަތްތަކަށް

ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ރަމަޟާން މަހުގެ ފަހު 15 ގެ ޢުމްރާއަށް އައި ފަރާތްތަކުން މަދީނާގެ އިސްލާމީ ތާރީޚާއި ގުޅުން ހުރި މުހިއްމު ތަންތަނަށް ޒިޔާރަތްކޮށްފިއެވެ. މިތަނަށް އަލަށް ޒިޔާރަތް ކުރި ފަރާތްތަކަށް ދީނީގޮތުން މުހިއްމު މަޢުލޫމާތުތަކެއް ލިބުނުއިރު، އެއްފަހަރަށްވުރެ ގިނަ ފަހަރު ޒިޔާރަތް ކު…

ހަކުރުގެ ސަބްސިޑީ ކަނޑާލާކަށް ނޫޅެން: ރައީސް

ހަކުރުގެ ސަބްސިޑީ ކަނޑާލަން ނޫޅޭ ކަމަށާއި ސަރުކާރުގެ ވިސްނުމަކީ މުޖުތަމައުގައި ހުރި ނުބައި އާދަތަކަށް ހޭލުންތެރިކަން އިތުރުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ވަޒީފާގެ ފުރުސަތުތަކާއި ހުނަރު ތަރައްޤީކުރުން ހަރުދަނާކުރަން 2 އެއްބަސްވުމެއް

ދިވެހި ޒުވާނުންނަށް ތަމްރީނާއި، ހުނަރު ތަރައްޤީކުރުމާއި، ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށްޓަކައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން މިއަދު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

Loading fresh headlines…