Live 341,220 stories Updated Mar 13, 2026
Browse topics All stories

Latest stories

Live feed

އަލިފާނުގައި ފަސް ބިދޭސީން މަރުވި މައްސަލަ އެޗްއާރްސީއެމްއިން ބަލަނީ

އދ. ދިގުރަށުގައި ބިދޭސީން އުޅޭ އެކޮމަޑޭޝަން ބްލޮކެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ފަސް ބިދޭސީއަކު މަރުވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބަލަން ފަށައިފި އެވެ.

ޖަލީލް މަސައްކަތް ފަށަން ޖެހިފައި ވަނީ ރައީސް މުއިއްޒު ނިންމެވި ހިސާބުން: ޝުޖާއު

މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަން ކުރެއްވި ދުވަސްވަރު މާލޭގެ ތަރައްގީ އަށް ވަރަށް ގިނަ ކަންކަން ކޮށްދެއްވާފައިވާ ކަމަށާއި އެކަމަކު އޭގެ ފަހުން އެމްޑީޕީގެ މޭޔަރު އާދަމް އާޒިމާ އެކު އެކަން ހުއްޓިފައި ވާތީ ޕީއެންސީގެ މޭޔަރު ކެންޑިޑޭޓު މޫސާ އަލީ ޖަލީލް އިންތިހާބު ވެއްޖެ ނަމަ މަސަ…

ފްލައިޓުތަކުގެ 30% ގެއްލުމުން އެކަން ފޫބައްދަން އިންޑިއާ، ޗައިނާ އަދި ރަޝިޔާ މާކެޓުން ފްލައިޓްތައް އިތުރު ކުރަނީ

މެދުއިރުމަތީގެ ހަނގުރާމަ އާ ގުޅިގެން ފަތުރުވެރިން ރާއްޖެ އަށް ދަތުކުރަމުންދާ ފްލައިޓުތަކުގެ 30% ގެއްލިފައި ވާތީ އެކަން ފޫބައްދަން އިންޑިއާ، ޗައިނާ އަދި ރަޝިޔާގެ މާކެޓުން ފްލައިޓްތައް އިތުރު ކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

މިދިޔަ 20 އަހަރުގެ ތެރޭ ރައްޔިތުންނަށް ލިބުނު މިނިވަންކަން މި ދަނީ ފަހަރަކު ކަމަކުން ގެއްލެމުން، ވަރިހަމަކޮށްލެވޭކަށް ނެތް: ބައުންޓީ

މިދިޔަ 20 އަހަރު ތެރޭގައި ރައްޔިތުންނަށް ލިބުނު މިނިވަންކަން މި ދަނީ ފަހަރަކު ކަމަކުން ގެއްލެމުން، ވަރިހަމަކޮށްލެވޭކަށް ނެތް ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި މުހައްމަދު ނާޒިމް (ބައުންޓީ) ވިދާޅުވެއްޖެ އެވެ.

Loading fresh headlines…