"އިންތިޚާބު އެއްކޮށްލުމާއި މެދު ނަގާ ރެފަރެންޑަމް އަކީ ދިވެހިންގެ ހުރިހާ ތަރައްޤީ އެއް ޖަހައިގަންނަން ހިންގާ ޖަރީމާ އެއް"
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށް ބާއްވާ ރެފަރެންޑަމް އަކީ ދިވެހިންގެ ހުރިހާ ތަރައްޤީ އެއް ޖަހައިގަންނަން ހިންގާ ޖަރީމާ އެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)ވިދާޅުވެއްޖެ އެވެ.