Live 340,852 stories Updated Mar 25, 2026
Browse topics All stories

Latest stories

Live feed

އީރާން ހަނގުރާމައާ ގުޅިގެން ފިލިޕީންސްގައި ހަކަތައިގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

އެެެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަހް ނުރައްކާ ވުމުގެ ސަބަބުން ފިލިޕީންސް އަށް ބޭނުންވާ ތެލުގެ ސަޕްލައިއަށް ކުރިމަތިވެފައިވާ "ނުރައްކާތެރި ހާލަތަށް" ރިއާޔަތްކޮށް، އެ ގައުމުގައި ހަކަތައިގެ ކުއްލި ނުރައްކަލުގެ ހާލަތު އެ ގައުމުގެ ސަރުކާރުން އ…

މިއީ އުނދަގޫ މޮޅެއް، ކުޅުންތެރިންގެ ހިތްވަރާއި ދެއްކި ކުޅުމާމެދު ފަހުރުވެރިވޭ: ބަންގާޅު ކޯޗު

ރާއްޖޭގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ޕާކިސްތާނާ ދެކޮޅަށް ކުޅެ ބަންގްލަދޭޝްގެ ކުޅުންތެރިން ހޯދީ އުނދަގޫ، އެހެންނަމަވެސް ކުޅުންތެރިންގެ ކުޅުމާމެދު ފަޚުރުވެރިވާފަދަ މޮޅެއްކަމަށް އެ ޓީމުގެ ކޯޗު، އިނގިރޭސިވިލާތުގެ މާކް އެޑްވާޑް ކޮކްސް ބުނެފިއެވެ. ރާއްޖޭގައި މިހާރު ކުރި…

ބަލިވުމުގެ މައިގަނޑު ސަބަބަކީ ތަޖުރިބާ މަދުވުން: ޕާކިސްތާނުގެ ކޯޗު

ރާއްޖޭގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅެ ބަލިވުމުގެ މައިގަނޑު ސަބަބަކީ، ކުޅުންތެރިންނަށް ބޭނުންވާ މިންވަރަށް ބައިނަލްއަގްވާމީ، ވާދަވެރި މެޗުތަކުގެ ތަޖުރިބާ ލިބިފައި ނެތުންކަމަށް ޕާކިސްތާނުގެ ކޯޗު ޝަހްޒާދު އަންވަރު ބުނެފިއެވެ. ބަންގްލަދޭޝް …

ލަންކާއިން ތެލުގެ ހަރަދު ކުޑަކުރަން މަގުބައްތިތަކާއި ބިލްބޯޑުތައް ނިއްވަން އަންގައިފި

ހަކަތަ ބޭނުންކުރާ މިންވަރު 25 ޕަސެންޓް ދަށްކުރުމަށް އަޅާ ފިޔަވަޅުތަކުގެ ދަށުން، އަންގާރަ ދުވަހުން ފެށިގެން މަގުބައްތިތަކާއި، ނިއޯން ބޯޑުތަކާއި، ބިލްބޯޑުތަކުގެ ދިއްލުންތައް ނިއްވާލުމަށް ސްރީ ލަންކާގައި އަންގައިފި އެވެ.

ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާގެ މެދުވެރިއަކަށް ވާން ތައްޔާރު: ޕާކިސްތާން

އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓުމަކަށް ގެނެވޭތޯ ބާއްވާ މަޝްވަރާތަކުގެ މެދުވެރިއެއްގެ ދައުރު އަދާކުރަން ޕާކިސްތާން އޮތީ ތައްޔާރަށް ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް މިއަދު ދުވަހު ވިދާޅުވެއްޖެ އެވެ.

12 ނޯޓިކަލް ބޭރުގެ ވައިގެ ސަރަހައްދަށް ރާއްޖޭގެ ޤާނޫނީ ބާރެއް ނުހިނގާނެ

ރާއްޖެ ސަރަހައްދުގެ 12 ނޯޓިކަލް ބޭރުގެ ވައިގެ ސަރަހައްދަށް ރާއްޖޭގެ ޤާނޫނީ ބާރެއް ނުހިނގާނެކަމަށް ދިފާޢީ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ދިފާޢީ ވުޒާރާއިން މިހެން ވިދާޅުވީ ރާއްޖޭގެ ސަރަހައްދު ހަނގުރާމައިގެ ބޭނުމަށް ބޭނުންކުރަން ހުއްދަ ދިންކަމަށް ބުނެ ބައެއް ފަރާތްތަކުން ހަޤީގަތާއި ހިލާފު ވާހަކަތަކެއް ފ…

Loading fresh headlines…